އިންގްލެންޑް ކްރިކެޓް ޓީމުގެ ކޯޗުކަން އިންޑިއާގެ ރަވީ އަށް ދެނީ: ރިޕޯޓް އިންގްލެންޑް ކްރިކެޓް ޓީމުގެ ކޯޗުކަން އިންޑިއާގެ ރަވީ އަށް ދެނީ: ރިޕޯޓް

މުމްބާއި، އިންޑިއާ (ޑިސެމްބަރު 26) - އިންގްލެންޑްގެ ކްރިކެޓް ޓީމުގެ ކޯޗުކަމުގެ މަގާމުން ބްރެންޑަން މެކްކުލަމް ވަކިކޮށް، އިންޑިއާގެ ކުރީގެ ކޯޗު ރަވީ ޝާޝްތުރީ ހަަމަޖައްސަން އުޅޭ ކަމުގެ ވާހަކަތައް މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.
އޮސްޓްރޭލިއާއާ ދެކޮޅަށް އިންގްލެންޑުން ކުޅޭ މަޝްހޫރު އެޝަސް ސީރީސްގެ މި ފަހަރުގެ މުބާާރާތުގައި، އިންގްލެންޑް ވަނީ 11 ދުވަހުގެ ތެރޭގައި ބަލިވެފަ އެވެ. އެހެންވެ، އެ ޓީމުގެ ކޯޗު މެކްކުލަމްގެ ސްޓައިލާއި ނެރެމުން އަންނަ ނަތީޖާއާ މެދު އިންގްލެންޑްގެ ކްރިކެޓް ބޯޑުގެ ނުރުހުން ވަނީ ބޮޑުވެފަ އެވެ.
މީގެ ތިން އަހަރު ކުރިން، އިންގްލެންޑްގެ ކޯޗުކަމާ ހަވާލުވި މެކްކުލަމްގެ އިރުޝާދުގެ ދަށުން އިންގްލެންޑުން ފުރަތަމަ މެޗުތަކުގައި ރަނގަޅު ނަތީޖާތަކެއް ނެރުނު ނަމަވެސް ފަހަކަށް އައިސް ވަރުގަދަ މެޗުތަކުގައި އެ ޓީމު ބަލިވާ ނިސްބަތްވަނީ އިތުރުވެފަ އެވެ.
އިންގްލެންޑްގެ ކޯޗުކަމަށް ގެންނަން ވާހަކަ ދެކެވޭ ޝާޝްތުރީ ވަނީ 2017 އިން 2021 އަށް އިންޑިއާގެ ކްރިކެޓް ޓީމުގެ ކޯޗަކަށް މަސައްކަތްކޮށްފަ އެވެ. ކުރީގެ މަޝްހޫރު ކުޅުންތެރިޔާ، ޝާސްތުރީގެ ކޯޗުކަމުގައި އިންޑިއާ އިން ހޯދި އެންމެ ބޮޑު ކާމިޔާބީ ލިބުނީ ޓެސްޓް ކްރިކެޓްގަ އެވެ. އެއީ، 2020/21 ގެ ބޯޑާ ގާވަސްކަރު ޓްރޮފީ ޓެސްޓް ސީރީސްގަ އެވެ.
ލެޖެންޑްސް ލީގު ކްރިކެޓްގެ ކޮމިޝަނަރަކަށް މަސައްކަތްކުރަމުން އަންނަ ޝާސްތުރީ އަންނަނީ ކްރިކެޓްގެ ބޮޑެތި މެޗުތަކުގެ އެނަލިސްޓް/ޕަންޑިޓް އަކަށް ވެސް މަސައްކަތްކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ