ކޮންމެ އަހަރެއްގެ އީދުގައި ކުލަބް ކޮރަލްސްއިން ބާއްވަމުން އަންނަ އުރީދޫ ކޮރަލްސް މަސް ރޭސް 1447 ގެ ޗެމްޕިއަންކަން އެމްއެންޑީއެފް ކުޅުދުއްފުށީ ޕޯސްޓްއިން ހިއްލާލައިފި އެވެ.
މިމަސްރޭހުގެ މަގުސަދަކީ ކުޅުދުއްފުށި ސިޓީގެ މުއައްސަސާތަކުގެ މެދުގައި އިޖްތިމާއީ އެއްބައިވަންތަކަން އިތުރުކުރުން ކަމަށް ކުލަބް ކޮރަލްސްއިން ބުނެފައިވެ އެވެ. އަދި އޮފީސް އަދި ކުންފުނިތަކުގެ ކޮންމެ މުވައްޒަފަކަށް ވެސް މިމަސްރޭހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވާކަން ކޮރަލްސްއިން ފާހަގަކުރެ އެވެ.
މިއަހަރުގެ މަސްރޭސް ކާމިޔާބުކަމާއެކު ނިންމާލަފައިވާއިރު މިފަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ އެމްއެންޑީއެފް ކުޅުދުއްފުށީ ޕޯސްޓުންނެވެ. އެޓީމުން ވަނީ މިމުބާރާތުގައި ރެކޯޑް އަދަދަކަށް، ޖުމްލަ 191.8 ކިލޯގެ މަސް ބާނާފަ އެވެ. މުބާރާތުގެ ރަނަރަޕްކަން ހޯދާފައިވަނީ ޖުމްލަ 99.8 ކިލޯގެ މަސް ބާނައިގެން ވެމްކޯއިންނެވެ. އަދި ތިންވަނައަށް ދިޔައީ ޖުމްލަ 97.35 ކިލޯގެ މަސް ބޭނި ޓީމް އެމްޑަބްލިއުއެސްސީ އެވެ.
އެންމެ މޮޅު އަންހެން ކެޔޮޅު ސާމިޔާ އިބްރާހިމް--- ފޮޓޯ: ކުލަބް ކޮރަލްސް
އެންމެ މޮޅު ފިރިހެން ކެޔޮޅު ހަސަން އިބްރާހިމް--- ފޮޓޯ: ކުލަބް ކޮރަލްސް
އެންމެ ބަރު މަސް ބޭނި ފަތުހުﷲ އާދަމް--- ފޮޓޯ: ކުލަބް ކޮރަލްސް
އެންމެ ގިނަ މަސް ބޭނި އަންހެން އަދި ފިރިހެން ކެޔޮޅު ކޮންމެ އަހަރަކުވެސް ހޮވަމުން އަންނައިރު މިއަހަރުގެ މުބާރާތުގެ އެންމެ މޮޅު ފިރިހެން ކެޔޮޅުގެ މަގާމު ހާސިލް ކުރީ އާރްއާރްސީގެ ހަސަން އިބްރާހިމް އެވެ. ހަސަން ވަނީ މުބާރާތުގައި ޖުމްލަ 26 މަސް ބާނާފަ އެވެ. އަދި 15 މަސް ބާނައިގެން އެންމެ މޮޅު އަންހެން ކެޔޮޅުގެ މަގާމު ހޯދީ ޔުނައިޓެޑް ބީއެމްއެލްގެ ސާމިޔާ އިބްރާހިމް އެވެ.
އެންމެ ބަރު މަސް ބޭނި ފަރާތަކަށް މިއަހަރުގެ މުބާރާތުގައި ހޮވިފައިވަނީ 6.35 ކިލޯގެ މަހެއް ބާނައިގެން ކަސްޓަމްސް ރެކްރިއޭޝަން ކުލަބުގެ ފަތުހުﷲ އާދަމް އެވެ.
އުރީދޫ ކޮރަލްސް މަސް ރޭހުގެ ޗެމްޕިއަންކަން އެމްއެންޑީއެފަށް، އެންމެ މޮޅު ކެޔޮޅުންނަށް ހަސަން އަދި ސާމިޔާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ