ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލަނީ

މިއަހަރުގެ ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު މި ހަފުތާގައި ހުޅުވައިލަން ނިންމައިފިއެވެ.
ރައީސް އޮފީހުން މިއަދު ބުނީ ގައުމީ އިނާމާބެހޭ ކޮމިޓީން އެ ފުރުސަތު ހުޅުވައިލާނީ އަންނަ ބުދަ ދުވަހު ކަމަށެވެ. އަދި ފޯމު ހުށަހަޅެމުގެ ފުރުސަތު ދޭން ނިންމާފައި ވަނީ އަންނަ މަހުގެ 30 އާ ހަމައަށެވެ.
މި އަހަރު އިނާމަށް ނަން ހުށަހެޅުމަށް ހަމަޖެހިފައި ވަނީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ”ފޯމު ހުށަހެޅުން“ ޕޯޓަލް މެދުވެރިކޮށެވެ.
އިނާމަށް އެދި ފޯމުހުށަހަޅާ އިރު ފޯމާއެކުގައި ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހެޅުމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް ގައުމީ އިނާމާބެހޭ ކޮމިޓީން އެދެއެވެ.
ގައުމީ އިނާމަށް މި އަހަރު ވެސް ހުޅުއްވައިލެއްވުމަށް ނިންމަވައިފައި ވަނީ، މައިގަނޑު 39 ދާއިރާއަކުންނެވެ.
ކުރީ އަހަރުތަކެކޭ އެއްގޮތަށް، މި އަހަރު ވެސް ގައުމީ އިނާމަށް ނަން ހުށަހެޅުމަށް އެދޭ އަމިއްލަ ފަރާތްތަކުންނާއި، ގައުމީ އިނާމަށް އެހެން ފަރާތެއްގެ ނަން ހުށަހަޅަން ބޭނުންވާ ފަރާތްތަކުންނާއި، ކުންފުނި، ޖަމުޢިއްޔާ ޖަމާޢަތް ފަދަ ތަންތަނުން ސަރުކާރުގެ އިދާރާއެއް މެދުވެރިނުކޮށް، ނަން ހުށަހެޅޭނެއެވެ.
އަދި ސަރުކާރުގެ އިދާރާތަކުންނާއި، މިނިވަން މުއައްސަސާތަކުންވެސް ގައުމީ އިނާމަށް ނަން ހުށަހޭ ވޭ ގޮތަށް ވެސް ހަމަޖައްސައިފައެވެ.
ގައުމީ އިނާމު ދޭނީ، ޤައުމީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ.
ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ މުއްދަތު ހަމަވުމުން ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު، މެއި މަހު މަހުގެ 6 ގައި ހުޅުވައިލަން ވަނީ ނިންމައިފައެވެ.
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ