އުރީދޫގެ 40 އެމްބީޕީއެސް ނުވަތަ މަތީ ޕެކޭޖެއް ނަގައިގެން ސްމާޓް ހޯމް ޑިވައިސެއް ހޯދުމުގެ ފުރުސަތު އިތުރުކޮށްފި

ސާޅީސް އެމްބީޕީއެސް އަންލިމިޓެޑް، ނުވަތަ ސުޕަނެޓުގެ މަތީ ޕެކޭޖެއް ނަގައިގެން "ސްމާޓާ" ހޯމް ޑިވައިސެއް ހޯދުމުގެ ފުރުސަތު އުރީދޫން އިތުރުކޮށްފިއެވެ. ސުޕަނެޓުގެ ޕެކޭޖެއް ނަގައިގެން އީޒެޑްވިޒް ސްމާޓް ސެކިއުރިޓީ ޑިވައިސްތައް ހިލޭ ހޯދުމުގެ ފުރުސަތު އުރީދޫން ހުޅުވާލީ މިމަހުގެ ކުރީކޮޅެވެ. https://sun.mv/216254 އުރީދޫން މިއަދު ބުނީ، ޓައިމް-ލިމިޓެޑް ޕްރޮމޯޝަނެއްގެ ދަށުން، އުރީދޫގެ ބްރޯޑްބޭންޑު އިންޓަނެޓު ޚިދުމަތް ކަމަށްވާ ސުޕަނެޓުގެ އަންލިމިޓެޑު ޕެކޭޖުތަކުގެ ތެރެއިން 40 އެމްބީޕީއެސް ނުވަތަ އެއަށްވުރެ މަތީ ޕެކޭޖުތައް ނަގާ ކަސްޓަމަރުންނަށް އީޒެޑްވިޒް ބްރޭންޑުގެ ސްމާޓް ސެކިއުރިޓީ ޑިވައިސްތައް ލިބޭނެ ކަމަށެވެ. މި ޕްރޮމޯޝަން ކުރިއަށް ގެންދާނެ މުއްދަތެއް އުރީދޫން އަދި ނުބުނެއެވެ. އެގޮތުން ސުޕަނެޓް އަންލިމިޓެޑްގެ 40 އެމްބީޕީއެސްގެ ޕެކޭޖު ނަގާ ކަސްޓަމަރުންނަށް ހިލޭ އީޒެޑްވިޒް ކެމެރާއެއް ލިބޭއިރު، 50 އެމްބީޕީއެސް ނުވަތަ އެއަށް ވުރެ މަތީ ޕެކޭޖުތައް ނަގާ ކަސްޓަމަރުންނަށް އީޒެޑްވިޒް ބްރޭންޑުގެ ކެމެރާއަކާއެކު ކްލައުޑް ސްޓޯރޭޖު ލިބޭނެ ކަމަށް، އުރީދޫން ބުންޏެވެ. އުރީދޫން ބުނީ، ސްމާޓް ހޯމް ޓެކްނޮލޮޖީގެ އެހީގައި ކަސްޓަމަރުން ދުރުގައި ތިބެ، ގޭގައި ކަންކަމުން ހިނގަމުންދާ ގޮތް ފަސޭހައިން ބަލާލެވޭނެ ކަމަށެވެ. އުރީދޫން ސްމާޓާ ހޯމް އިނީޝިއޭޓިވެއް ތައާރަފްކުރީ މިދިޔަ އޭޕްރިލް މަހުގެ 20ވަނަ ދުވަހެވެ. ކޮންމެ ސުޕަނެޓު ޕެކޭޖަކާއެކު، ކަސްޓަމަރުންނަށް ބަންޑެލިކޮށް ސެކިއުރިޓީ ކެމެރާއާއި ސްމާޓް ޑޯބެލް އަދި ކްލައުޑް ސްޓޯރެޖާއެކު ޒަރޫރީ ސްމާޓް ހޯމް ޑިވައިސްތައް ނެގުމުގެ ފުރުސަތު އުރީދޫން އޭރު ހުޅުވާލިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ