ރަމަޟާން މަހަަށް ތައްޔާރުމަށް މުހިންމު ޕްރޮގްރާމް ތަކެއް ކުރިއަށް ގެންދަން ޕީސް ފައުންޑޭޝަނުން ތައްޔާރުވެއްޖެއެވެ.
ލެގަސީގެ މި އަހަރުގެ ތީމް ބިނާކޮށްފައި ވަނީ އަހަރުމެންނާ الله އާ ދެމެދު އޮންނަގުޅުމާއި، ދޭދޭ ފަރުދުންނާއި އަދި ޢާއިލާއާ ދެމެދު އޮންނަ ގުޅުން އާލާކުރުމާއި ހަރުދަނާކުރުމުގެ މައްޗަށެވެ. މި އިވެންޓުގައި ކުރިޔަށް ދާނެ ޕްރޮގްރާމްތަކަކީ މި ތީމުގެ ދަށުންހިނގާނެ ކަންކަން ކަމުން، މި އިވެންޓަކީ ރޯދައަށް ނަފްސު ހޭލައްވައި،އީމާންތެރިކަން ތާޒާ ކުރުމަށް ލިބިގެންދާނެ ރަނުގެ ފުރުޞަތެކެވެ.
22 ޖެނުއަރީ އިން 27 ޖެނުއަރީ އަށް ކުރިޔަށް ދާނެ މި އިވެންޓުގައި މިއަހަރުބައިވެރިވެވަޑައިގަންނަވަނީ ކެނެޑާގެ މަޝްހޫރު ޢިލްމުވެރިއެއް ކަމުގައިވާ ޝައިޚްނަވައިދު ޢަޒީޒެވެ.
ރޯދައަށް ތައްޔާރުވުމަށް ޓަކައި އެކި މީހުން ދަނީ މިހާރުން ފެށިގެން އެކިމަސައްކަތްތައް ކުރަމުންނެވެ. ގޭތެރެ ޒީނަތްތެރިކުރުމާއި، ބަދިއަށް ބޭނުންވާސާމާނު ހޯދުމާއި، ނުހިފި ހުރި ރޯދަތައް ހިފަން ފެށުމާއި، ރޯދަ މަހުގެ ޕްލޭން ކުރުމާއިމީގެ އިތުރުންވެސް އެމީހަކަށް އެންމެ މުހިންމު ކަމަށް ފެންނަ ކަންކަމެވެ.
ހަގީގީ ގޮތެއްގައި ރޯދައަށް ތައްޔާރުވުމަށްޓަކައި ކުރެވޭނެ އެންމެ މުހިންމު ކަމަކީ،ރޯދައަށް އަމިއްލަ ނަފްސު ތައްޔާރު ކުރުމެވެ. ނަފްސުގައި ޖެހިފައިވާ މިލަތައް ފިލުވާލައިރޯދަ މަހުގެ ބަރަކާތް އެންމެ ފުރިހަމަ ގޮތުގައި ހާސިލުކުރުމަށް ތައްޔާރު ވުމެވެ.
އެހެންނަމަވެސް، ގިނަފަހަރަށް އެންމެންވެސް ރޯދަ އަށް އެމީހެއްގެ ނަފްސު ތައްޔާރުކުރަން ފަށަނީ ރޯދަމަސް އައިސް ޖެހުމުންނެވެ. މީގެ ސަބަބުން ރޯދަމަހުގެދުވަސްތައް ވޭތުވަމުން ދާ ވަރަކަށް އެމީހާގެ ނަފްސަށް ވަރުބަލިކަން އިހުސާސްކުރެވެއެވެ. ރޯދަތަކުން ލިއްބައިދޭ ރޫޙާނީ ފައިދާ އެންމެ އެކަށީގެންވާ ގޮތުގައިނުލިބެއެވެ.
ރޯދަމަހުގެ އެންމެ މާތް ދުވަސްތަކަށް، އާދެ! ފަހު 10 ގެ ދުވަސްތަކަށްދާއިރު ނަފްސު ވަރުބަލިވެ، އަޅުކަމުގައި ވަގުތުހޭދަކުރުމަށް ކަންނެތްވެއެވެ. މިކަމުގެހައްލަކީ ރޯދައިގެ ކުރިން ނަފްސު ތައްޔާރުކުރަން ފެށުމެވެ. އަދި ތިމާއާއި الله އާ ދެމެދުއޮންނަޖެހޭ ގުޅުން ބަދަހިކޮށް، ރޯދައިން ފުރިހަމަ ރޫޙާނީ ލައްޒަތު ލިބޭތޯ ނަފްސްތާޒާ ކުރުމެވެ. އަދި އާއިލީ ގުޅުން ބަދަހިކޮށް، އެކަކު އަނެކަކަށް ހިތް ސާފުކޮށް ގުޅުންބަދަހިކުރުމެވެ.
ލެގަސީ އިވެންޓަކީ މި ކަންކަން ހާސިލު ކުރުމަށް ޓަކައި ހުޅުވޭ މުހިންމު ދޮރަކަށްވެގެންދާނެއެވެ. ކޮންމެ މީހަކުވެސް އެމީހަކާ الله އާ ދެމެދު އޮންނަންޖެހޭ ގުޅުމާއި އަދިޢާއިލާގެ މެދުގައްޔާއި ދެދޭ ފަރުދުންގެ މެދުގައި އޮންނަންޖެހޭ ގުޅުން އާލާކޮށްބަދަހިކުރުމަށް އެހީތެރިވުމަކީ މި އަހަރުގެ ލެގަސީގެ އެންމެ މައިގަނޑު މަގްސަދެވެ.
މި އިވެންޓުގައި، އަހަރުމެންނާ الله އާ ދެމެދު އޮންނަންޖެހޭ ގުޅުމާއި އަދި ދޭދޭފަރުދުންނާއި އާއިލާގެ މެދުގައި އޮންނަޖެހޭ ގުޅުމުގެ މައްޗަށް، މާލެއާއި ހުޅުމާލޭގައި ބޮޑުދެ ދަރުސް އޮންނާނެއެވެ. މާލޭގެ ދަރުސް އޮންނާނީ 23 ޖެނުއަރީ ވާ ބުރާސްފަތިދުވަހުގެ ރޭ އާޓިފިޝަލް ބީޗުގައެވެ. އަދި ހުޅުމާލޭގެ ދަރުސް އޮންނާނީ 24 ވާ ހުކުރުދުވަހުގެ ރޭ ހުޅުމާލެ ރުއްގަނޑު 2 ގައެވެ.
މި އިވެންޓާ ގުޅޭ އިތުރު މައުލޫމާތު ޕީސް ފައުންޑޭޝަންގެ މީސްމީޑިއާގެ މަންޞަތަކުންލިބިގެންދާނެއެވެ.
ލެގަސީ 2026: ރޯދަ މަހަށް ތައްޔާރުވާން ރަނގަޅު ފުރުސަތެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ