އުރީދޫ ކޮންމެ އަންލިމިޓަޑް ސުޕަރނެޓް އަކާއިއެކު ސްމާޓާ ހޯމް ޑިވައިސް އެއް

އުރީދޫ މޯލްޑިވްސް އިން ދެމުންދާ އިތުބާރުހިފޭ
ފައިބަރ އިންޓަނެޓު ކަމަށްވާ "ސުޕަރނެޓު" ނަގައިގެން ހާއްސަ ލިމިޓެޑް ޓައިމް ޕްރޮމޯޝަނެއްގައި ބައިވެރިވުމުގެ ފުރުސަތު އުރީދޫއިން ހުޅުވާލައިފިއެވެ.
މި ޕްރޮމޯޝަންގެ ދަށުން އަންލިމިޓެޑް ސުޕަރނެޓް ޕްލޭންތައް
އެކްޓިވޭޓް ކުރާ ކަސްޓަމަރުންނަށް އިންޓެލިޖެންޓް ހޯމް މޮނިޓަރިން ސޮލިއުޝަންސް
އާއި އިތުބާރު ހިފޭ ހައި-ސްޕީޑް އިންޓަރނެޓް އެކުލެވިގެންވާ ހިލޭ އީޒެޑްވިޒް
ސްމާޓް ސެކިއުރިޓީ ޑިވައިސްތައް ލިބޭނެކަމަށް އުރީދޫއިން މައުލޫމާތުދެއެވެ. 
އެ ކުންފުނިން ބުނީ، ސުޕަރނެޓް 40 އެމް ނަގާ ކަސްޓަމަރުންނަށް ހިލޭ އިންޑޯ
އީޒެޑްވިޒް ކެމެރާއެއް ލިބޭނެއެވެ. އަދި ސުޕަރނެޓް 50 އެމް އާއި އެއަށްވުރެ މަތިން ނަގާ
ކަސްޓަމަރުންނަށް ހިލޭ އިންޑޯ އީޒެޑްވިޒް ކެމެރާ އާއި އީޒެޑްވިޒް ކްލައުޑް
ސްޓޯރޭޖް ލިބޭނެ އެވެ.
ސުޕަރނެޓް ފައިބަރ ބްރޯޑްބޭންޑާއެކު އުފައްދާފައިވާ މި
ސްމާޓް ހޯމް އޮފަރ ފަރުމާކޮށްފައި ވަނީ މެދުނުކެނޑި ހައި ސްޕީޑް އިންޓަރނެޓްގެ
އެހީގައި ސްމާޓް ޑިވައިސްތައް އެންމެ ފުރިހަމައަށް ބެނުންކުރެވޭނެ ގޮތަށްކަމަށާއި، ސްމާޓް ޓެކްނޮލޮޖީގެ އެހީގައި ކަސްޓަމަރުން ދުރުގައި ތިބެގެން މޮނިޓަރ ކޮށް،
ގުޅުވާލައި، ކޮންޓްރޯލް އަދި ބަލާލެވޭނެ ކަމަށް އުރީދޫއިން މައުލޫމާތުދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ