އެމްޕީއެލް ފަޅުތެރޭގައި އޮތް ދެ ޓަގް ބޯޓް ދޭތެރެއަށް ވެއްޓި މީހަކު މަރުވެއްޖެ

އެމްޕީއެލް ފަޅުތެރޭގައި އޮތް ދެ ޓަގް ބޯޓް ދޭތެރެއަށް ވެއްޓި މީހަކު މަރުވެއްޖެ އެވެ.
ހިތާމަވެރި މި ހާދިސާގައި ނިޔާވީ އެމްޕީއެލްގެ މުވައްޒިފެއް ކަމަށްވާ އަމީން ޢަބްދުލްޚަމީދަށް އެވެ. އޭނާ ވެއްޓުނީ ފިޓު ޖެހި ކަމަށް ވެ އެވެ.
ފުލުހުން ބުނީ އުމުރުން 30 އަހަރުގެ އެ ޒުވާނާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށެވެ. މި ހާދިސާގެ ރިޕޯޓް ލިބުނީ މިއަދު ހެނދުނު 10:40 ހާއިރު ކަމަށް ވެސް ބުންޏެވެ.
މި ހާދިސާއާ ގުޅިގެން ތަހުގީގެއް ވަނީ ފަށާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ