އެމްޓީޑީސީގެ އާ އޮފީސް އެޕްރީލްގައި ހުޅުވަނީ

ހުޅުމާލޭގައި އިމާރާތްކޮށްފައިވާ މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، (އެމްޓީޑީސީ) ގެ އާ އޮފީސް އަންނަ އެޕްރީލް މަހުގެ ތެރޭގައި ހުޅުވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެމްޓީސީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ނިޔާޒް ދައުލަތުގެ މީޑިއާ ޕީއެސްއެމަށް ވިދާޅުވީ ހުޅުމާލޭގެ ފޭސް 1 ގެ ސެންޓްރަލް ޕާކް ކައިރީގައި ހަދާފައިވާ 11 ބުރީގެ އިމާރާތުގެ މަސައްކަތްތައް އަންނަ މަހުގެ ތެރޭގައި އެއްކޮށް ނިމޭނެ ކަމަށެވެ. އޭނަ ވިދާޅުވި ގޮތުގައި އެ ތަނުގައި މިހާރު ކުރިއަށް ދަނީ ސީލިން އެޅުމާއި، ތަޅުމުގައި މުށި ޖެހުމާއި، ފަޔަ ޕްރޮޓެކްޝަން ސިސްޓަމް ހަރުކުރުމުގެ އިތުރުން ބޭރުގެ ފިނިޝިންގ މަސައްކަތްތަކެވެ.
އެމްޓީޑީސީގެ އާ އޮފީސް އިމާރާތުގެ ކޮންޓްރެކްޓަރަކީ ޗައިނާގެ ކުންފުންޏެއް ކަމަށްވާ ހުނާން ނަންބަރު 6 އިންޖިނިއަރިން އެވެ. އެ މަޝްރޫއުގެ މަސައްކަތް އެ ކުންފުނިން ފެށީ 2023 ގަ އެވެ. އޮފީސް އިމާރާތް ޑިޒައިންކުރީ ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ ގެޑޯ އާކިޓެކްޓްސްއިންނެވެ.
ނިޔާޒު ވިދާޅުވި ގޮތުގައި އަމާޒަކީ ކުންފުނީގެ އަހަރީ ދުވަހާ ދިމާކޮށް އެޕްރީލް 6 ގައި އާ އޮފީސް ހުޅުވުމެވެ.
ރައްޔިތުން ވެސް ހިއްސާ އެމްޓީޑީސީ އަކީ 2007 ގައި އުފެއްދި ކުންފުންޏެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ