އެފްޑީސީ ފްލެޓުތަކުގެ މީހުންނަށް އުރީދޫ އެއާ ފައިބާ ޑިވައިސް ހިލޭ ލިބޭ ޕްރޮމޯޝަނެއް
ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ ފްލެޓުތަކުގައި ދިރިއުޅޭ މީހުންނަށް އުރީދޫގެ އެއާ ފައިބާ ޑިވައިސް މުޅިން ހިލޭ ލިބޭ ޕްރޮމޯޝަނެއް އުރީދޫ މޯލްޑިވްސްއިން ފަށައިފިއެވެ. އުރީދޫއިން އަންނަނީ އަމާން ޓަވަރުތައް ކައިރީގައި މައުލޫމާތު ދިނުމަށް ޑެސްކުތައް ބަހައްޓައިގެން އެ ޓަވަރުތަކުގައި ދިރިއުޅޭ މީހުންނަށް އުރީދޫއިން ދޭ ޚިދުމަތްތަކުގެ މައުލޫމާތު ފޯރުކޮށްދެމުންނެވެ. އުރީދޫން ވަނީ އެ ހަރަކާތް މި ހަފުތާގެ ބުދަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހު ކުރިއަށްދާނެ ކަމަށް ބުނެފައެވެ. އުރީދޫން ބުނީ ފަހި ދިރިއުޅުން ފްލެޓުތަކުގައި މިހާތަނަށް ފައިބާ ކޭބަލް ނޭޅޭތީ، އެކަމުގެ ހައްލެއްގެ ގޮތުން، އުރީދޫ އެއާފައިބާ ރައުޓަރުތަކަށް ބަދަލުކުރުމުގެ ފުރުސަތު މިހާރު މުޅިން ހިލޭ ލިބޭނެ ކަމަށެވެ. އުރީދޫގެ އެއާ ފައިބާ ރައުޓަރުތަކަކީ ހަމައެކަނި ކަރަންޓާ ގުޅާލުމުން ވައިފައި ލިބޭ ޑިވައިސްތަކެކެވެ. އުރީދޫން އާންމުކޮށް އެ ޑިވައިސް ވިއްކަމުން އަންނަނީ 3،999 ރުފިޔާއަށެވެ. ނަމަވެސް މިހާރު އެ ކުންފުނިން ކުރިއަށްގެންދާ ޕްރޮމޯޝަނާއެކު، ފަހި ދިރިއުޅުން ފްލެޓުތަކުގައި ދިރިއުޅޭ މީހުންނަށް އެ ޑިވައިސް ދޫކުރަނީ މުޅިން ހިލޭ ކަމަށް އުރީދޫން ބުނެއެވެ. View this post on Instagram A post shared by Fahi Dhiriulhun Corporation - FDC (@fahidhiriulhun) ހިލޭ ދޫކުރާއިރު އެންމެ ކުޑަ ޕެކޭޖުން 100 އެމްބީޕީއެސް ސްޕީޑްގައި ވައިފައި ލިބޭނެ ކަމަށް އުރީދޫން ބުނެއެވެ. އުރީދޫން ވަނީ، އެއާ ފައިބާއަށް އެޕްލައި ކުރަން ވެސް ވަރަށް ފަސޭހަވާނެ ކަމަށް ބުނެފައެވެ. އެގޮތުން އުރީދޫގެ ވެބްސައިޓް މެދުވެރިކޮށް ފޯމެއް ހުށަހެޅުމުން، 24 ގަޑިއިރު ތެރޭގައި އެ ކުންފުނީގެ އޭޖެންޓަކު ޖަވާބު ދޭނެ ކަަމަށް އެ ކުންފުނިން ބުނެފައިވެއެވެ. މީގެ އިތުރުން އުރީދޫގެ ރީތި ނަމްބަރުތައް ވެސް ޓެންޓުތަކުން ދޫކުރާނެ ކަމަށާއި ޕޯސްޓްޕެއިޑް ޕެކޭޖްތަކުގެ ދަށުން ނަމްބަރު ދޫކުރުންވެސް ޓެންޓުތަކުން ކުރިއަށްގެންދާނެ ކަމަށް އުރީދޫން ބުނެއެވެ. މީގެ އިތުރުން އުރީދޫގެ ކްލަބް ޕްރިމިއާ ކަސްޓަމަރަކަށް ވުމުގެ ފުރުސަތާއި އެހެން ނެޓްވޯކްތައް ބޭނުންކުރައްވާ ފަރާތްތަކަށް އުރީދޫއަށް ބަދަލުކުރުމުގެ ފުރުސަތު ވެސް އެ ޓެންޓުތަކަށް ޒިޔާރަތް ކުރުމުން ލިބޭނެއެވެ. އުރީދޫން ވަނީ، އުރީދޫ އެޕްއިން އެމް ފައިސާ މެދުވެރިކޮށް 50 ރުފިޔާއިން މަތީގެ އަގުތަކަށް ޕެޓްރޯލް އެޅުމުން 20 ރުފިޔާގެ ޑިސްކައުންޓެއް ލިބޭނެކަން ވެސް ފާހަގަކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ