ހުޅުމާލެ ފޭސް ދޭއްގެ ބައެއް ޓަވަރުތަކުން ކަރަންޓް ކެނޑިއްޖެ

ހުޅުމާލެ ފޭސް ދޭއްގެ ބައެއް ޓަވަރުތަކުން ކަރަންޓްގެ ހިދުމަތް މެދުކެނޑިއްޖެއެވެ.
ކަރަންޓްގެ ހިދުމަތް މެދުކެނޑުނު ބައެއް ޓަވަރުތަކުގެ ތެރޭގައި ވިނަރެސްގެ ޓަވަރުތައްވެސް ހިމެނެއެވެ. މިކަން ސްޓެލްކޯއިން ވެސް ވަނީ ޔަގީންކޮށްދީފައެވެ.
އެކްސްގައި ކުރި ޕޯސްޓެއްގައި ސްޓެލްކޯއިން ބުނީ، ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ވަނީ ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާކަމަށާއި، މައްސަލަ ދެނަގަނެ ހައްލު ކުރުމުގެ މަސައްކަތްތައް ކުރަމުންދާކަމަށެވެ.
ސްޓެލްކޯއިން ބުނީ ދިމާވި މައްސަލަ ހައްލުކޮށް 45 މިނެޓް ތެރޭގައި ކަރަންޓް ދިނުމަށް މަސައްކަތްކުރަމުންދާކަމަށެވެ. ނަމަވެސް ދިމާވި މައްސަލައެއް ސްޓެލްކޯއިން ނުބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ