ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުން: ފެނާއި ނަރުދަމާގެ މަސައްކަތްތައް މި ހަފްތާ ތެރޭގައި ނިންމަނީ

މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ކުރިއަށްދާ މަސައްކަތްތަކުގެ ތެރެއިން، ފެނާއި ނަރުދަމާގެ މައި ނެޓްވޯކް އެޅުމުގެ މަސައްކަތްތައް މި ހަފްތާގެ ތެރޭގައި ނިންމާލެވޭނެކަމަށް އެމްޓީސީސީން ބުނެފިއެވެ.
މީގެ އިތުރުން، ނަރުދަމާގެ ނިޒާމު އަޕްގްރޭޑް ކުރުމާއި، ސެޓްލްމަންޓް ޓޭންކްތަކާއި، ކާބްސްޓޯން ހަރުކުރުމުގެ އިތުރުން ކެޗްޕިޓް އަދި ކޭބަލް ޖަންކްޝަންތައް ހަރުކުރުމުގެ މަސައްކަތްތައް ވެސް މި ހަފްތާގެ ނިޔަލަށް ނިންމުމަށް ވަނީ ތާވަލުކޮށްފައެވެ.
މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މި މަޝްރޫޢަކީ އެ ސަރަޙައްދުގެ ދަތުރުފަތުރަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ މުހިންމު މަޝްރޫޢެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ