ޝައްކާއި ވަހުމު އުފެދޭ މުއާމަލާތްތަކުން މަންފާ ލިބިގަތުމުން ދުރުވާން ޖެހޭ: ޚުތުބާ

ޝައްކާއި ވަހުމު އުފެދޭ މުއާމަލާތްތަކުން މަންފާ ލިބިގަތުމުގެ ބަދަލުގައި ޝައްކު ކަމެއް ނެތް ހުއްދަ މުއާމަލާތްތަކަށް ރުޖޫއަވާން ޖެހޭކަން މިއަދުގެ ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ. އެކިއެކި ސްކޭމްތަކާއި ސްކީމްތައް ގިނަ މި ދުވަސްވަރު, މިއަދުގެ ހުކުރު ޚުތުބާ ޚާއްސަކޮށްފައި ވަނީ، "ޙަލާލު ގޮތުގައި މާލީ މުއާމަލާތްތައް ކުރުން" މި މައުޟޫގެ މައްޗަށެވެ. https://www.sun.mv/207577 ޚުތުބާގައި ބުނީ، އިސްލާމް ދީނުގައި ޙަރާމް ކުރައްވާފައިވާ މާލީ ކަންކަމުން ސަލާމަތްވާން ޖެހޭނެ ކަމަށެވެ. އެގޮތުން، ރިބާއާއި ޖުވާ ނުހިމެނޭ ގޮތަށް، ފައިސާގެ މުޢާމަލާތުތައް ހިންގާ ބޭންކުތަކާއި ތަކާފުލް ކުންފުނިތަކާއި މުއައްސަސާތައް ނުހިންގޭނެ ކަމަށް ބަޔަކު ދުށް ޒަމާން މިއަދު މާޒީވެފައިވާކަން ޚުތުބާގައި ފާހަގަކުރިއެވެ. މީހުންތަކެއް ނަމާދު ކުރަނީ: މިއަދުގެ ޚުތުބާގައި ވަނީ ރިބާގައި ނުޖެހުމަށް ހަނދާންކޮށްދީފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ މިއަދު އިސްލާމީ ޝަރީއަތާ އެއްގޮތަށް މާލީ މުއާމަލާތް ހިންގޭނެ މަގު ތަނަވަސްވެފައިވާއިރު، އިސްލާމީ އުސޫލުތަކާ އެއްގޮތަށް ފައިސާގެ މުއާމަލާތްތައް ކުރުމަކީ ދެ ދުނިޔޭގެ ކާމިޔާބާއި ފަލާހު ލިބޭ ކަމެއްކަން ޚުތުބާގައި ވަނީ ހަނދާންކޮށްދީފައެވެ. އޭގެއިތުރަށް، ޚުތުބާގައި ވަނީ ރިބާގެ ނުބައި ކަމާއި އެ ވަބާގައި ނުޖެހުމަށް ނަސޭހަތްތެރިވެފައެވެ. އެގޮތުން، ރިބާ ކާމީހާއާއި އެކަމުގައި ޝާމިލުވާ އެހެން މީހުންގެ ވެސް ފާފަވެރިވާނެ ކަމަށާއި އެ ވަބާގައި ޖެހޭ އެންމެނަށް މާތް ﷲ ލައުނަތް ލައްވާނެ ކަމަށް ޚުތުބާގައި ބުންޏެވެ. "އެކަލޭގެފާނު ޙަދީޘްކުރައްވައިފައި ވެއެވެ. (لَعَنَ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ آكِلَ الرِّبَا، وَمُوْكِلَهُ، وَشَاهِدَهُ وَكَاتِبَهُ)[1] މާނައީ: "ރިބާ ކާމީހާއާއި، ރިބާގެ ގޮތުގައި ފައިސާއާއި މުދާ ދޫކުރާ މީހާއާއި، އެ މުޢާމަލާތުގައި ހެކިވާ މީހާއާއި، އެ ކަމުގެ ލިޔެކިޔުންތައް ލިޔެ، ބަލަހައްޓާ މީހާގެ މައްޗަށް ރަސޫލު ﷲ ލަޢުނަތް ލެއްވިއެވެ. ރިބާއަކީ، މުދަލުގެ ބަރަކާތް ކެނޑި، ދިރިއުޅުން ނުތަނަވަސްވެ، ލިބޭ މިންވަރާ މެދު ހިތްހަމަނުޖެހި، މުދަލާއި ފައިސާއަށް އިންސާނާގެ ދަހިވެތިކަން މަތިމައްޗަށް އިތުރުކުރުވާ ނުރައްކާތެރި ވަބާއެކެވެ." ޚުތުބާގައި ބުންޏެވެ. މީހުންތަކެއް މިސްކިތުގައި: ޝައްކާއި ވަހުމު އުފެދޭ މުއާމަލާތްތަކުން މަންފާ ލިބިގަތުމުން ދުރުވާން ޖެހޭ ކަމަށް ޚުތުބާގައި ބުނި -- ސަން ފޮޓޯ/ މުޙައްމަދު ހައްޔާން ކެއުމުގައި ޙަލާލު ތަކެތި ހޯދުމަށް އިސްކަންދޭފަދައިން، އެތަކެތި ގަތުމަށް ބޭނުންކުރާ ފައިސާއަކީ ވެސް ޙަލާލު ގޮތުގައި ހޯދައިފައިވާ ފައިސާ ކަމުގައި ހެދުމަށް ޚުތުބާގައި ގޮވާލިއެވެ. އަންނައުނާއި އަނބިދަރިންގެ ކެއުމާއި ބޯހިޔާވަހިކަމަކީ ރިބާގެ މުއާމަލާތްތަކުން ހޯދާ ފައިސާ ފޯރުކޮށްދޭ އެއްޗަކަށް ނުހަދަން ޚުތުބާގައި ހަނދާންކޮށްދިނެވެ. މުޅި ދުނިޔެއަށް މިހައި ތަނަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ގިނަ ކާރިސާތައް މެދުވެރިވި ސަބަބަކަށްވީ ރިބާގެ ކަމަށާއި އެކަމުގެ ސަބަބުން އިޤްތިޞާދީ ނަފާވެރިކަން މަދުބައެއްގެ އަތްމައްޗަށް ގޮސް، މުޅި މުޖުތަމަޢުގެ ތެރޭގައި އޮންނާންޖެހޭ އިޤްތިޞާދީ ޢަދުލުވެރިކަން ނެތި ކޮށްލާ ކަމަށް ޚުތުބާގައި ބުންޏެވެ. "ރިބާގެ ނުރައްކާތެރި ވަބާއިން މުޅި އިޤްތިޞާދީ ނިޒާމު ސަލާމަތްކުރުމަކީ، މިއަދު މުޅި މުޖުތަމަޢުގެ ޙައްޤުގައި އަހަރެމެން ކުރާންޖެހޭ ކަމެކެވެ. ޝައްކާއި ވަހުމް އުފެދޭ މުޢާމަލާތްތަކުން މަންފާ ލިބިގަތުމުގެ ބަދަލުގައި، ޝައްކުކަމެއް ނެތް ހުއްދަ މުޢާމަލާތުތަކަށް ރުޖޫޢަވާން ޖެހެއެވެ" ޚުތުބާގައި ބުންޏެވެ. އެއާއެކު، އެއްވެސް ބާވަތެއްގެ ހަރާމް ކަމަކަށް ނުވަތަ އަނިޔާވެރިކަމަށް އެހީތެރިވުމަކީ އިސްލާމް ދީނުގައި ހަރާމް ކަމެއް ކަމަށް ޚުތުބާގައި ބުންޏެވެ.އަދި، އެެއްވެސް ފާފައަކަށް އެހީތެރިވެދޭ މީހަކީ، އެ ފާފަ ކުރާ މީހެކޭ އެއްފަދަ މީހެއްކަމުގައި އިސްލާމް ދީން ދެކޭކަން ޚުތުބާގައި ހަނދާންކޮށްދިނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ