ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރ ޓާމިނަލާއެކު ފަތުރުވެރިންނަށް މަރުހަބާ ކިޔަން މިހާރު ދިމާވާ ގޮންޖެހުންތަކަށް
ހައްލެއް ލިބިގެންދާނެ ކަމަށް ރިސޯޓް ރިޕްރެޒެންޓޭޓިވްސް އިން ބުނެފިއެވެ.
ވީއައިއޭގެ އާ ޓަރމިނަލް އާއެކު ލިބޭނެ ފަސޭހަތަކާ ގުޅޭ ގޮތުން
ވާހަކަދައްކަވަމުން ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ލަގްޒަރީ ރިސޯޓް ހިންގާ އެއް ކުންފުނި, އަދި ސޮނެވާ އިން ރާއްޖޭގައި ހިންގާ ތިން ރިސޯޓުގެ އެއާޕޯޓް މެނޭޖަރު އަލީ ނަސީރު ވިދާޅުވީ
ފަތުރުވެރިން ރާއްޖެ އައުމަށްފަހު އެއާޕޯޓުން ނުކުތުމަށް މިހާރު ވަރަށް ގިނަ ވަގުތު
ހޭދަވާ ކަމަށެވެ. އަދި ފަތުރުވެރިންނަށް މަރުހަބާ ކިއުމަށް ވެސް ވަރަށް ގިނަ ވަގުތު
ރެޕުން ތިބެންޖެހޭ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.
ނަސީރު ވިދާޅުވީ އާ ޓާމިނަލް ބޮޑުވުމުގެ ސަބަބުންންނާއި ވަސީލަތްތައް އިތުރުވުމުގެ ސަބަބުން ފަތުރުވެރިންނަށް މަރުހަބާ ކިޔުމަށް މިހާރު ހުރި ގޮންޖެހުންތައް ހައްލެއް ލިބިގެންދާނެ
ކަމަށެވެ. އެގޮތުން ފަތުރުވެރިން އެއަރޕޯޓުން ނުކުތުމަށް ހޭދަވާ ވަގުތު ބޮޑުތަނުން
ކުޑަވެ, ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓުގެ މެނޭޖަރު
ލަރީސާ ވިދާޅުވެފައިވާ ގޮތުގައި, އައު ޓާމިނަލާއެކު ފަތުރުވެރިންނަށް ހާއްސަ ތަޖުރިބާތަކެއް ލިބިގެންދާނެ ކަމަށާއި އެކަން ފަތުރުވެރިންވެސް ބަލައިގަންނާނެ ކަމަށެވެ. އަދި އައު ޓާމިނަލްގެ ތަޖުރިބާ
ހިއްސާކުރަން ކެތްމަދުވެފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.
ޖުމެއިރާ މޯލްޑިވްސްގެ އެއާޕޯޓްސް ސާވިސް މެނޭޖަރު ނޫހް އަބްދުލްހާރިސް
ވިދާޅުވި ގޮތުގައި އައު ޓާމިނަލާއެކު ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް ބޮޑުތަނުން ފަސޭހަވެގެންދާނެ ކަމަށާއި ޓަރމިނަލްގެ ޖާގަ ވަރަށް ރަނގަޅަށް ބޭނުންކޮށްފައި ހުރިކަން ފާހަގަކުރެވިފައިވާ
ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.
އެއަރޕޯޓްގެ އައު ޓާމިނަލް ހުޅުވުމަށް ނިންމާފައިވަނީ ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ މުނާސަބަތާ ގުޅުވައިގެން
ޖުލައި 26 އެވެ. އެގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ޓަރމިނަލް ހުޅުވުމަށް ވަމުން އަންނަ ތައްޔާރީތަކުގެ ތެރެއިން
އޮރާޓް ޕްރޮސެސްގެ ތެރެއިން ކޮންމެހެން ކުރިއަށް ގެންދަންޖެހޭ ޓްރަޔަލްތައް ބާއްވަމުންދާ ކަމަށާއި، މި ޓްރަޔަލްތަކުގައި އެއާލައިންތަކަށާއި އެއާޕޯޓް ރިޕްރެޒެންޓޭޓިވްސްގެ އިތުރުން ޓްރެވަލް އެޖެންޓުންނަށް ވެސް ކުރިއަށް ގެންގޮސްފައިވާ ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވަނީ ބުނެފަ އެވެ.
އާ ޓާމިނަލާއެކު ފަތުރުވެރިންނަށް މަރުހަބާކިޔުމަށް އޮތް ގޮންޖެހުން ނިމުމަކަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ