ލޯންޗަކާއި ޑިންގީއެއް ޖެހި ރޭ ހިނގި އެކްސިޑެންޓުގައި އަނިޔާވި ދެ މީހަކު އިތުރު ފަރުވާއަށް މާލެ ގެނެސްފި އެވެ.
ވީ ކިހިނެއް؟ - މި އެކްސިޑެންޓު ހިނގީ ޅ. މަޑުއްވަރީ އެއާޕޯޓާ ދިމާ ކަނޑުމަތިން ރޭ 8:26 ހާއިރު އެވެ. ފުލުހުން ރޭ ބުނި ގޮތުގައި:
އަނިޔާވި ތިން މީހުންނަށް ޅ. އަތޮޅު ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން
މި އެކްސިޑެންޓުގައި ހިމެނޭ ޑިންގީ އެ ހާދިސާއަށް ފަހު ވަނީ ގެއްލިފައި؛ ބެލެވެނީ އަޑިއަށް ދިޔައީ ކަމަށް
ޑިންގީ ހޯދުމަށް ކުރި މަސައްކަތުން މިހާތަނަށް ފެނިފައެއް ނުވޭ
ފުލުހުން މިއަދު ބުނީ އިތުރު ފަރުވާއަށް މާލެ ގެނެސްފައިވަނީ އެ ހާދިސާގައި އަނިޔާވި މީހުންގެ ތެރޭގައި ހިމެނޭ ޑިންގީގެ ކެޕްޓަނާއި އިތުރު މީހަކު ކަމަށެވެ. އެ މީހުންނަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލެއް ނުދެ އެވެ.
އެނގުން މުހިންމު - އެނގިފައިވާ ގޮތުގައި، މި ހާދިސާގައި އެކްސިޑެންޓުވެފައިވަނީ ޅ. ކަނުހުރާ ރިސޯޓަށް ގެސްޓުންތަކެއް ގޮވައިގެން ދިޔަ ލޯންޗަކާއި އެ ސަރަހައްދުން ދަތުރުކުރި ޑިންގީއެއް ޖެހިގެންނެވެ. އަނިޔާވި ތިން މީހުންނަކީ ޑިންގީގައި ތިބި މީހުން ކަމަށްވެ އެވެ.
ސޯޝަލް މީޑިއާގައި ދައުރުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، އެ ހާދިސާގައި ޑިންގީއަށް ވަރަށް ބޮޑަށް ގެއްލުންވެފައިވެ އެވެ. ޑިންގީގެ ކުރީކޮޅު ވަރަށް ބޮޑަށް ހަލާކުވެފައި އޮތްއިރު، ލޯންޗުގެ ކުރީކޮޅުގައި ލޭ އުނގުޅިފައި ހުރި ތަން ވެސް ފެނެ އެވެ.
ލޯންޗަކާ ޑިންގީއެއް ޖެހުން: 2 މީހަކު އިތުރު ފަރުވާއަށް މާލެ ގެނެސްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ