ޒަކާތު ފަންޑުން ފަގީރުންނަށް، ކޮންމެ މީހަކަށް 5000ރ.ގެ ރޭޓުން މިއަހަރުގެ މުދަލު ޒަކާތް ބަހައިފި އެވެ.
ވީ ކިހިނެއް؟ - ޒަކާތުގެ ގޮތުގައި ލިބޭ ފައިސާ މިހާރު ބަހަނީ ހުރިހާ ފަގީރުންގެ މެދުގައި އެއްހަމައަކުންނެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ:
ފަގީރުންގެ ދަފްތަރުގައި މިހާތަނަށް ރަޖިސްޓަރީ ވެފައިވަނީ 2852 މީހުން
މިއިން ކޮންމެ މީހެއްގެ ބޮލަކަށް 5000ރ.ގެ ރޭޓުން މުދަލު ޒަކާތް މިއަހަރު ބަަހާފައިވޭ
މުދަލު ޒަކާތުގެ ގޮތުގައި މީހަކަށް 5000ރ. ބެހިއިރު، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު މަތީ އަދަދެކެވެ. މިދިޔަ އަހަރު ބޮލަކަށް ޖެހުނީ 4000ރ. އެވެ.
އެނގުން މުހިންމު - ފިތުރު ޒަކާތުގެ ފައިސާގެ ގޮތުގައި 13.2 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މިއީ މިހާތަނަށް އެންމެ ގިނައިން ޒަކާތް ލިބުނު ފަހަރު ވެސްމެ އެވެ.
ޒަކާތުގެ ގޮތުގައި މި އަހަރު ކޮންމެ ފަގީރަކަށް 5000ރ. ބަހައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ