ތުރާކުނު ސިއްހީ މަރުކަޒުގެ ފެންވަރު މަތިކުރަން ހަވާލުކޮށްފި

ހއ. ތުރާކުނު ސިއްހީ މަރުކަޒު ފެންވަރު މަތިކުރުމުގެ މަސައްކަތްތައް ކުންފުންޏަކާ އިއްޔެ ހަވާލުކޮށްފި އެވެ.ތުރާކުނުގެ ސިއްހީ މަރުކަޒުގެ މަސައްކަތް ހަވާލުކުރީ ޕާފެކްޓް މަލަފެހި މޯލްޑިވްސް ކުންފުންޏާ އެވެ. އެ ތަނުގައި ވޯޑަކާއި ޕްރައިވެޓް ރޫމާއި ލެބޯޓްރީ އާއި ނާސް ސްޓޭޝަނާއި ޕްރޮސީޖާ ރޫމާއި ގަރާޖް އަދި ގުދަނެއް ހަދަން ދިނީ 4.8 މިލިއަން ރުފިޔާއަށެވެ. އެއީ 210 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. ތުރާކުނުގެ ހިމެނޭހެން އަދި އިތުރު ހަ ރަށެއްގެ ސިއްހީ މަރުކަޒުގެ ފެންވަރު މަތިކުރުމުގެ އެކި މަސައްކަތްތައް 23 މިލިއަން ރުފިޔާ އަށް އަމިއްލަ ތިން ކުންފުންޏަކާ އިއްޔެ ވަނީ ހަވާލުކޮށްފަ އެވެ.  އެކި ރަށްރަށުގައި ސިއްހީ ހިދުމަތް ދޭ މަރުކަޒުތަކުގެ ފެންވަރު މަތިކުރުމުގެ ގޮތުން އާ އިމާރާތްތައް އަޅަން ސަރުކާރުގެ ބައެއް ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްގެން މިހާރު ވެސް އަންނަނީ މަސައްކަތްކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ