އަންނަ އާދިއްތަ ދުވަހަކީ ފިތުރު އީދަށް ވާނެކަމަށް ވަރަށް ބޮޑަށް ޔަގީންކުރެވޭ: މައުމޫން މިނިސްޓަރު ފައިސަލްގެ ރައްދު ޔާމީންއަށް: “ރޯބުހުތާން ދޮގު” ހެދުން ހުއްޓާލައްވާ ޕީއެންއެފް އުފެއްދުމުގެ ހުއްދަ އަށް މިއަދު އީސީއަށް ހުށަހަޅަނީ ކެބިނެޓަށް ވަކި ބަޔަކު އައ

ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ރިޝްވަތު ދެއްވި ކަމަށް ވިދާޅުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީން ދެއްކެވި ވާހަކަތައް މައުމޫނު ދޮގުކުރައްވައިފިއެވެ.
މައުމޫންގެ ކޮއްކޯފުޅު އަދި ކުރީގެ ރައީސް ޔާމީން، ނޫހަކަށް ދިން އިންޓަވިއުއެއްގައި ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2018 ވަނަ އަހަރު ފެބްރުއަރީ މަހު, މައުމޫނު ހައްޔަރުކުރެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ރިޝްވަތުދިނުމުން ކަމަށެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ރިޝްވަތު ދިނުމުގައި އުޅުއްވީ މައުމޫނާއި ދަރިކަލުން އަހުމަދު ފާރިސް މައުމޫން ކަމަށްވެސް ޔާމީން ވަނީ ވިދާޅުވެފައެވެ.
މި ވާހަކަތަކާއި ގުޅިގެން މައުމޫންގެ އޮފީހުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ސްޕްރީމް ކޯޓުން ކޯޓު އަމުރެއް ހޯދުމުގެ ބޭނުމުގައި ނުވަތަ އެނޫންވެސް ނިންމުމެއް ނިންމުމުގެ ގޮތުން، ފަނޑިޔާރުންނަށް ރިޝްވަރު ދިނުމުގެ ހަޑި މުޑުދާރު އެއްވެސް އަމަލެއް މައުމޫން ދުވަހަކުވެސް ކުރައްވާފައެއް ނުވާނެކަމަށެވެ. އަދި ޔާމީންގެ ވާހަކަތަކަކީ ވަރަށް ދަށު ދަރަޖައިގެ ޢަމަލެއްގެ ގޮތުގައި ސިފަކޮށް މި ބަޔާނުގައި ބުނީ ، ޔާމީންގެ މި ވާހަކަތަކާއި ގުޅިގެން ގާނޫނީ ގޮތުން އެޅެން ހުރި ފިޔަވަޅުތައް އެޅުމުގެ ކަންކަން ކުރިއަށް ގެންދިޔުމާމެދު މައުމޫން ވިސްނަވާ ކަމަށެވެ.
މައުމޫން ހައްޔަރުކޮށް 8 މަސް ދުވަހަށް ވުރެ ގިނަ ދުވަސްވަންދެން ޖަލުގައި ބެހެއްޓާފައިވާއިރު 2018 ވަނަ އަަހަރު އެމަނިކުފާނުގެ މައްޗަށް އިއްވި ހުކުމްތައް ވަނީ ބާތިލު ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ