ޝުޖާއާ ގުޅުން އޮންނަ ކުންފުނިތަކަށް ފައިސާ ޖަމާވި މައްސަލަ އެބަ ތަހުގީގުކުރޭ: ފުލުހުން

ވެރިކަން ކުރާ ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ސީނިއާ ޑެޕިއުޓީ ލީޑަރު އިބްރާހިމް ޝުޖާއުއާ (ޝުޖާ)އާ ގުޅުން އޮންނަ ކުންފުނިތަކަކަށް ގިނަ އަދަދެއްގެ ފައިސާ ޖަމާވިގޮތާ ގުޅޭ ގޮތުން މަރުކަޒީ ބޭންކް، އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)އިން ތައްޔާރުކުރި ރިޕޯޓާ ގުޅިގެން އެ މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ. ސިފައިންގެ ވެލްފެއާ ކޯޕަރޭޓިވް (ސިވެކް) މެދުވެރިކޮށް ޝުޖާއަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކުރި ގޮތުގެ ތަފުސީލުތައް ހިމެނޭ އެފްއައިޔޫގެ ރިޕޯޓު މި ފަހުން ވަނީ މީސްމީޑިއާގައި ލީކުކޮށްލައިފައެވެ. އެ ރިޕޯޓު ލީކުކޮށްލީ ކާކުކަން ނޭނގޭ ގޮތަށް ހިންގާ އެކްސް އެކައުންޓް 'ހަސަން ކުރުސީ'އެވެ. އެ ރިޕޯޓާ ގުޅިގެން ފުލުހުންނާ ސުވާލުކުރުމުން މީޑިއާ އޮފިޝަލް 'ސަން'އަށް ބުނީ، އެ މައްސަލަ އޭޕްރީލް މަހުން ފެށިގެން ތަހުގީގުކުރަމުން އަންނަ ކަމަށެވެ. އެކަމަކު، އެ ކަމާ ގުޅޭ އިތުރު ތަފުސީލެއް ނުދެއެވެ. ތަފުސީލު އަންނަނީ...
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ