ޓިއުރިން، އިޓަލީ (ޖުލައި 13) - މެންޗެސްޓާ ޔުނައިޓެޑުން އެ ޓީމަށް ކުޅޭ އިނގިރޭސި ފޯވާޑް، ޖޭޑަން ސަންޗޯ، އަގުހެޔޮ ޑީލެއްގެ ދަށުން އިޓަލީގެ ޔުވެންޓަސް އަށް ވިއްކާލަން އެއްބަސްވެފައިވާ ކަމަށް އިޓަލީގެ މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.
މީގެ ހަތަރު އަހަރު ކުރިން، 90 މިލިއަން ޑޮލަރަށް، ޔުނައިޓެޑަށް ބަދަލުވި ސަންޗޯ، ފާއިތުވި ދެ ސީޒަނުގައި ވެސް ލޯނަކަށް ވަނީ ދޫކޮށްލައިފަ އެވެ.
އެެ ގޮތުން، މިދިޔަ ސީޒަނުގައި ޗެލްސީ އަށް ކުޅުނުއިރު، އޭގެ ކުރިން ސީޒަނުގައި ކުޅުނީ ސަންޗޯ ކުރިން ވެސް ކުޅެފައިވާ ބޮރޫޝިއާ ޑޯޓްމަންޑަށެވެ. ޗެލްސީން ވަނީ ސަންޗޯގެ އެއްބަސްވުން ދާއިމީ ކުރަން ޔުނައިޓެޑާ އެކު، ހަދާފައިވާ އެއްބަސްވުން އުވާލަން 5-7 މިލިއަން ޑޮލަރު ވެސް ދައްކައިފަ އެވެ.
ޔުނައިޓެޑްގެ ކޯޗު، ރުބެން އަމޮރިމްގެ ޕްލޭނުގައި ނުހިމެނޭ ކުޅުންތެރިންގެ ލިސްޓުގައި އޮތް ސަންޗޯ ވިއްކާލަން އެ ޓީމުން އެންމެ ފުރަަތަމަ ކީ އަގު ކުޅެނީ، 35 މިލިއަން ޑޮލަރަށް ވުރެން މަތީގަ އެވެ. އެކަމަކު، އިޓަލީގެ ނޫސްތަކުން ރިޕޯޓްކުރާގޮތުގައި، ޔުވެންޓަސް އިން ސަންޗޯ ގަންނަން ޔުނައިޓެޑާ އެކު އެއްބަސްވީ، ޖުމްލަ އެކު، 28 މިލިއަން ޑޮލަރުގެ ޑީލެއްގަ އެެވެ.
އެކަމަކު، މި ޑީލް ކުރިއަށްދިއުމުގައި އޮތް ހުރަހަކީ، ސަންޗޯ، މި ޓްރާންސްފާ އަށް އެއްބަސްނުވުމެވެ. ޔުވެންޓަސް އިން ހުށަހަޅާ ވަރުގެ އޮފާއެއް ދޭން ސަންޗޯގެ ކުރީގެ ޓީމު، ޑޯޓްމަންޑުން ވެސް ޝައުގުވެރިކަން ފާޅުކޮށްފައިވެ އެވެ. ޑޯޓްމަންޑްގެ ހުށަހެޅުމަކީ، ލޯނަކަށް ގެންދިއުމަށް ފަހު، ސީޒަން ނިމުމުން، 30 މިލިއަން ޑޮލަރު ދީފައި އެއްބަސްވުން ދާއިމީ ކުރުމެވެ.
ޔުވެންޓަސް އަށް އަގުހެޔޮކޮށް ސަންޗޯ ވިއްކާލަން ޔުނައިޓެޑުން އެއްބަސްވެއްޖެ ޔުވެންޓަސް އަށް އަގުހެޔޮކޮށް ސަންޗޯ ވިއްކާލަން ޔުނައިޓެޑުން އެއްބަސްވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ