އަނިޔާއިން ރަނގަޅުވެ ކީޕަރު ފައިސަލް އެނބުރި ގައުމީ ސްކޮޑަށް
އަނިޔާގެ ސަބަބުން ދެ އަހަރަށް ކުޅުމާ ދުރުގައި ހުރުމަށްފަހު ތަޖުރިބާކާރު ކީޕަރު މުހައްމަދު ފައިސަލް ގައުމީ ސްކޮޑަށް ނަގައިފިއެވެ. ކީޕަރު ފައިސަލް ގައުމީ ސްކޮޑަށް ނެގީ އަންނަ މަހު ސްރީ ލަންކާއާ ދެކޮޅަށް ކުޅޭ ސައުތު އޭޝިއަން ސުޕަ ކަޕްގެ ދެ މެޗަށެވެ. އެންމެފަހުން ކީޕަރު ފައިސަލް ގައުމީ ސްކޮޑުގައި ހިމެނުނީ ޖޫން އަދި ޖުލައި 2023 ގައި އިންޑިއާގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ޕްރިލިމިނަރީ ސްކޮޑްގުއެވެ. ނަމަވެސް އަނިޔާއާއި ގުޅިގެން ފައިނަލް ސްކޮޑުން ފުރުސަތެއް ނުލިބެއެވެ. ރާއްޖޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕުގައި ކީޕަރު ފައިސަލް އާއެކު ގައުމީ ސްކޮޑު-- އެއަށްފަހު ދިގު މުއްދަތަކަށް ފައިސަލް ވަނީ އަނިޔާގައި ހޭދަކޮށްފައެވެ. އިންޖަރީ ރިހެބިލިޓޭޝަން ޕްރޮގްރާމާއެކު ފައިސަލް މިހާރު ފިޓެވެ. އޭނާ ވަނީ ދާދިފަހުން ބޭއްވި ލާމު އަތޮޅު މުބާރާތުގައިވެސް ކުޅެފައެވެ. މިދިޔަ ދެ އަހަރު ގައުމީ ޓީމުގައި ގޯލް ބެލެހެއްޓީ މާޒިޔާގެ ހުސައިން ޝަރީފެވެ. ނަމަވެސް އަނިޔާގެ ސަބަބުން މިފަހަރުގެ ސްކޮޑުގައި އޭނާއަށް ފުރުސަތެއް ނުލިބެއެވެ. މިފަހަރުގެ ސްކޮޑުން ޒުވާން ބައެއް ކުޅުންތެރިންތަކަކަށް ވަނީ ފުރުސަތު ދީފައެވެ. އެގޮތުން މޮޅު ކުޅުމެއް ދައްކަމުން އަންނަ އުމުރުން 16 އަހަރުގެ އިލާން އިމްރާން ވަނީ ސްކޮޑުން ފުރުސަތު ދީފައެވެ. އަދި 17 އަހަރުގެ އަހުޒަމް ރަޝީދާއި 19 އަހަރުންދަށުގެ ގައުމީ ޓީމަށް ކުޅުނު ހަސަން ރާއިދަށްވެސް ވަނީ ސީނިއާ ސްކޮޑުން ފުރުސަތު ދީފައެވެ. ------------------------ ގައުމީ ޓީމުގެ އާ ކޯޗު މުހައްމަދު ޝިޔާޒު (މޯހަން) އެކުލަވާލި ފުރަތަމަ ސްކޮޑު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ސަމޫހު އަލީ - ސަމުއްޓެ ، ހުސެއިން ސިފާއު ޔޫސުފް - ކުރޯ، އިބްރާހިމް އައިސަމް، ނާއިޒު ހަަސަން - ދާދު ، ހަމްޒާ މުހައްމަދު - ހަމްޕު, ހައިޝަމް ހަސަން - ބިޑި، ހަސަން ނަޒީމް - ޗޯޓު، އަހުމަދު އައިހަމް - ފަތޯ، އިޔާން އަބްދުލް އަލީމް - ޗިކީ، ހަސަން ޝިފާޒް - ޑުންގާ, މުހައްމަދު އިލާން އިމްރާން ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު އަލީ ފާސިރު - ސެންޓޭ ، ހަސަން ރާއިފް އަހުމަދު - ހަންނަ، މުހައްމަދު އިރުފާން - އިރޭ ބުރު ސްޕޯޓްސް ކުލަބު މުހައްމަދު ފައިސަލް، އިބްރާހިމް އުސާމާ ހަސަން މަޖީދު - އުކާ އޮޑި ސްޕޯޓްސް ކުލަބު އަހުޒަމް ރަޝީދު - އަހު ، މުހައްމަދު ނާއިމް، އަހުމަދު އައިހަމް - އައިހު ، ހުސެއިން ނިހާން - ނިހާޓް ، ޓީސީ ސްޕޯޓްސް ކުލަބު ހަސަން އީނާޒް، ކުލަބު އީގަލްސް އިބްރާހިމް މަހުދީ ހުސެއިން - ފޭދޫ އިއްބެ ، ،، އަހުމަދު ރިޒުވާން - ރިޒޭ ، ، ހިސާމް ސަލީމް - ކޮކީ، ވިކްޓްރީ ސްޕޯޓްސް ކުލަބު މުހައްމަދު ޔާމީން ކުލަބެއްގައި ނުހިމެނޭ ކުޅުންތެރިން ހަސަން ރާއިދު ----------------------------------- މޯހަންގެ ކޯޗުކަމުގެ ދަށުން ގައުމީ ޓީމު ލަންކާއާ ދެކޮޅަށް އެ ގައުމުގައި ކުޅޭ ދެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ކުރީކޮޅުއެވެ. ގައުމީ ޓީމުގެ ކޯޗު ކަމަށް މޯހަން ހަމަޖެއްސީ ތިން މަސް ދުވަހުގެ މުއްދަތަކަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ