އެމްޑީޕީގެ ހޯރަފުށީ ދާއިރާގެ ރައީސަކަށް ސައްލޭ

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ހޯރަފުށީ ދާއިރާގެ ރައީސްކަމަށް، އެ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ސަލީމް (ސައްލެ) އިންތިޚާބުވެެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަން ވެސް ކުރަށްވާފައިވާ ސައްލެ އެ މަގާމަށް ހޮވުނުކަން ހާމަކުރީ މިއަދު އެވެ.
އެމްޑީޕީން އެ ޕާޓީގެ ޤައުމީ މަޖިލީހުގެ ހުސްވެފައިވާ ހއ. ހޯރަފުށީ ދާއިރާގެ ރައީސްކަން ހިމެނޭހެން ރ. އިނގުރައިދޫ ދާއިރާގެ ރައީސް އަދި ގއ. ވިލިނގިލީ ދާއިރާގެ ރައީސް ކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލީ މިމަހުގެ 2 ވަނަ ދުވަހުއެވެ.
މި މަގާމްތަކަށް ކުރިމަތިލުމުގެ ސުންގަޑި ހަމަވީ 06 ޖަނަވަރީ 2025 ވާ ހޯމަ ދުވަހުގެ 14:00 އަށެވެ.
އެމްޑީޕީން މިއަދު ބުނީ، އެ އިއުލާންގެ މުއްދަތުހަމަވިއިރު، ހޯރަފުށީ ދާއިރާގެ ރައީސްގެ މަޤާމަށް ކުރިމަތިލާފަވަނީ، އަޙްމަދު ސަލީމް (ސައްލެ) ރަބީޢުމަންޒިލް / ހއ. ހޯރަފުށި އެކަނި ކަމަށެވެ. އެހެންވެ ސައްލެ އެ މަގާމަށް ހޮވިފައިވާކަން އެމްޑީޕީން ވަނީ ޢިއުލާން ކޮށްފައެވެ.
އެމްޑީޕީގެ ޤައުމީ މަޖިލީހަކީ އެ ޕާޓީގެ ކޮންގްސް ފިޔަވައި އެ ޕާޓީގެ އެންމެ މުހިންމު ގުނަވަނެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ