ކުރީގެ ރައީސް އަދި ޕީޕީއެމްގެ އިންތިގާލީ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް މިއަދުގެ ވަގުތެއްގައި ރާއްޖެ ވަޑައިގަންނަވާއިރު ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓު މުހައްމަދު ނަޝީދު "ވައުދު ދަތުރުގައި" ބައިވެރިވެވަޑައިގަތުމަށްޓަކައި މިއަދު ރަށްރަށަށްކުރައްވާ ދަތުރުފުޅެއް ފައްޓަވާނެ އެވެ.
ރައީސް މައުމޫން މިދިޔަ އޮގަސްޓު މަހުގެ 27 ވަނަ ދުވަހު އިންޑިއާއަށް ފުރާވަޑައިގެންނެވީ އަނބިކަނބަލުން ނަސްރީނާ އިބްރާހީމްގެ ބޭސް ފަރުވާއަށެވެ.
މިދަތުރުފުޅުގައި ރައީސް މައުމޫން ވަނީ އިންޑިއާގެ ބޮޑުވަޒީރު މަންމޯހަން ސިންގާއި ބައްދަލު ކުރައްވާފައެވެ. އަދި ޖީއެމްއާރުގެ ވެރިޔާ ޖީއެމްރާއޯވަނީ ރައީސް މައުމޫނުގެ އަރިހަށް ޒިޔާރަތް ކުރައްވާފައެވެ.
ރައްޔިތުންގެ ތަނަވަސްކަމާއި ރާއްޖޭގެ ތަރައްޤީއަށްޓަކައި އެމްޑީޕީ އެކުލަވާލި ތަރައްޤީގެ ތަޞައްވުރުތަކާ ރައްޔިތުންނަށް ވީވަޢުދުތައް ރައްޔިތުން ބަލައިގަތް މިންވަރު ދެނެގަނެގަތުމަށް އެންމެ ދެކުނުގެ 4 އަތޮޅަށް ކުރުމަށް ހަމަޖައްސާފައިވާ ވަޢުދުގެ ދަތުރުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ނަޝީދު މިއަދު މާލެއިން ފުރާވަޑައިގަންނަވާނެ އެވެ.
އެމްޑީޕީން ބުނީ މި ދަތުރުގައި ބައިވެރިވުމަށް 300 އަށް ވުރެން ގިނަ ފަރާތްތަކުން ނަން ނޯޓުކޮށްފައިވާއިރު އެ ހުރިހާ ފަރާތްތަކަށް ވެސް ވަނީ ބައިވެރިވުމުގެ ފުރުސަތު ދެއްވާފައެވެ. ރައީސް މުޙައްމަދު ނަޝީދާއި ޕާޓީގެ ލީޑާރޝިޕާއި އެހެނިހެން ގުނަންތަކުން ބައިވެރިވެވަޑައިގަންނަވާ މި ދަތުރަކީ ތަފާތު ރެލީތަކާއި، ޚާއްސަ ޖަލްސާތަކާއި، މައުލޫމާތުގެ ސެޝަންތަކާއި އަދި އެހެނިހެން އިޖުތިމާޢީ ހަރަކާތްތަކާ އެކު ހުރިހާ ރައްޔިތުންނަށް ސީދާ ގޮތުގައި ބައިވެރިވެވޭގޮތަށް ހުޅުވާލެވިފައިވާ އިޖްތިމާޢީ ޢީދެއް ކަމަށް އެމްޑީޕީން ބުނެއެވެ.
ދަތުރަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ޕާޓީން ވަމުން ގެންދާއިރު، މި ދަތުރުގައި ބައިވެވަޑައިގަންނަވާ އެންމެހާ ފަރާތްތަކުން 4 ޖަހާއިރު ޓީ ޖެޓީއަށް ޙާޒިރުވުމަށް އެމްޑީޕީއިން އެދިވަޑައިގަންނަވަ އެވެ.
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ނިޒާމުން ގެއްލުވާލި މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވާ އެއްވެސް ބޭފުޅަކު ކޯޓުގެ ހުއްދަ ނެތި މާލެއިން ބޭރަށް ފުރައިގެން ނުދިއުމަށް ކޯޓުން މީގެކުރިން ވަނީ އަންގާފައެވެ.
އަބްދުﷲ ގާޒީ ގާނޫނު އަސާސީއާއި ޚިލާފަށް ހައްޔަރުކޮށް ނިޒާމްގެ ތެރެއިން ގެއްލުވާލާފައިވާ މައްސަލާގައި ނަޝީދުގެ އިތުރުން ޖިނާއީ ދައުވާކުރަނީ އެމަނިކުފާނުގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނާއި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް މޫސާ އަލީ ޖަލީލް އާއި ކުރީގެ ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް މުހައްމަދު ދީދީ އާއި ކާނަލް މުހައްމަދު ޒިޔާދުގެ މައްޗަށެވެ.
ރައީސް މައުމޫން ރާއްޖެ ވަޑައިގަންނަވާއިރު، ރައީސް ނަޝީދު ރަށުން ބޭރަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ