"ވެލްކަމް 2018" ޝޯގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ދެކަނބަލުން ބައިވެރިވެވަޑައިގެންފިއެވެ.
ބޮލީވުޑާއި، ރާއްޖޭގެ މަޝްހޫރު ފަންނާނުންތަކެއްގެ ފޯރިގަދަ ހަރަކާތްތަކާއެކު "ވެލްކަމް 2018" ގެ ނަމުގައި އަލިމަސް ކާނިވާ ސަރަޙައްދުގައި ކުރިޔަށްދާ ފޯރިގަދަ މި ޝޯ އަކީ ރާއްޖޭގެ ތާރީޚުގައިވެސް ބޭއްވޭ އެންމެ ކާމިޔާބު ޝޯ އަށް ވެގެންދާނެ ކަމަށް މޯލްޑިވްސް އިންޓަރގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯރޕަރޭޝަނުން މައުލޫމާތު ދެެއެވެ.
މިރޭގެ ޝޯވ ބަލާލުމަށް ގިނަ އަދަދެއްގެ އާއްމުން އެ ސަރަޙައްދަށް ޖަމާވެފައި ވާއިރު ވެލްކަމް 2018" ގައި ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ މިކާ ސިންގއާއި ޕާކިސްތާނުގެ މަޝްހޫރު ލަވަކިޔުންތެރިޔާ ރާހަތު ފަތަހް ޢަލީ ޚާން ބައިވެރިވުމަކީ މި ޝޯވއަށް ލިބިގެންދާ އިތުރު ފުރިހަމަކަމެކެވެ.
އާ އަހަރަށް މަރުހަބާ ކިޔުމަށްޓަކައި ކުރިޔަށްގެންދާ މިރޭގެ މި ޝޯވގައި އާއްމުންނާއި ހަމައަށް ތަފާތު ރަހަތަކުގެ ހިތްގައިމު ހުށައެޅުންތަކެއް މި ދެ ފަންނާނުންނާއި ރާއްޖޭގެ ފުންނާބުއުސް ބައެއް ލަވަކިޔުންތެރިންގެ ފަރާތުން ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ.
"ވެލްކަމް 2018" ޝޯގައި ރައީސް ގެ ދެކަނބަލުން ބައިވެރިވެވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ