ވިލިމާލެ ދާއިރާއަށް އަލަށް އިންތިޚާބުވި މެމްބަރު ފާތިމަތު ނާޒިމާ އިޤުރާރުގައި ސޮއިކޮށްފި

މާލެ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ވިލިމާލެ ދާއިރާއަށް އަލަށް އިންތިޚާބުވި މެމްބަރު ފާތިމަތު ނާޒިމާ އިޤުރާރުގައި ސޮއިކޮށްފިއެވެ.
އިޤުރާރުގައި ސޮއިކޮށްފައިވަނީ މިއަދު މާލެ ސިޓީ ކައުންސިލްގެ މީޑިއާ ސެންޓަރުގައި ކުރިއަށްގެންދިޔަ ޚާއްސަ ރަސްމިއްޔާތެއްގައިއެވެ.
މި ދާއިރާއަށް ފާތިމަތް ނާޒިމާ އިންތިޚާބުކޮށްފައި މިވަނީ މާލެ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގައި އެދާއިރާ ތަމްސީލުކުރެއްވި އައިމިނަތު އީމާން ނިޔާވުމާއި ގުޅިގެންނެވެ.
ފާތިމަތް ނާޒިމާ ވިލިމާލެ ދާއިރާގެ އ.ތ.މ ކޮމެޓީގެ މެމްބަރުކަމަށް ހޮވިފައިވަނީ ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައެވެ.
މާލެ ސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ވިލިމާލެ ދާއިރާއަށް މެމްބަރަކު ހޮވުމަށް އިންތިޚާބު ބާއްވާފައިވަނީ މިމަހުގެ 14ވަނަ ދުވަހުއެވެ.
އިންތިޚާބު ކާމިޔާބުކުރެއްވި ނާޒިމާއަށް ލިބިފައިވަނީ 359 ވޯޓެވެ. އަދި އެމްއެންޕީގެ ކެނޑިޑޭޓް ޝީޒާއަށް 358 ލިބުނީ ވޯޓެވެ.
ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ވަގުތު ހަމަވިއިރު ކުރިމަތިލީ ޕީޕީއެމް އާއި އެމްއެންޕީންނެވެ. ޕީޕީއެމްގެ ފަރާތުން އިންތިޚާބުގައި ވާދަކުރަނީ ފާތިމަތު ނާޒިމާއެވެ. އެމްއެންޕީން ވާދަކުރަނީ އާމިނަތު ޝީޒާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ