އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ، އަދި މިއުޒިކީ ދާއިރާގެ ލެޖެންޑް ލަތާ މަންގޭޝްކަރު ދާދި ދެންމެއަކު މަރުވެއްޖެ އެވެ.
އުމުރުން 92 އަހަރުގައި ލަތާ މަރުވީ ކޮވިޑަށް ޕޮޒިޓިވްވެ، ނިއުމޯނިއާ ޖެހި ވެންޓިލޭޓަރުގައި ފަރުވާދެނިކޮށެވެ.
އިންޑިއާގައި އެންމެ އިހުތިރާމް ލިބިފައިވާ ލަވަކިޔުންތެރިޔާ، ލަތާ ކޮވިޑަށް ޕޮޒިޓިވް ވެގެން ފުރަތަމަ އެޑްމިޓް ކުރީ އައިސީޔޫގަ އެވެ. ނަމަވެސް ފަހުން ވެންޓިލޭޓަރަށް ލުމަށްފަހު މިދިޔަ ޖަނަވަރީ މަހުގެ 28 ވަނަ ދުވަހު ހާލު ރަނގަޅު ވުމުން ވެންޓިލޭޓަރުން ނެގި އެވެ. ލަތާގެ ހާލު އަނެއްކާވެސް ގޯސްވީ އިއްޔެ އެވެ.
އުމުރުން އެންމެ 13 އަހަރުގައި ލަވަކިޔުމުގެ ދާއިރާއަށް ނުކުތް ލަތާއަކީ މުޅި ދުނިޔެއަށްވެސް ދަންނަ މަޝްހޫރު ލަވަކިޔުންތެރިއެކެވެ.
ބޮލީވުޑުގެ އެތައް ޖީލަކަށް ލަވަތައް ކިޔައިދީފައިވާ ލަތާ އެންމެ ފުރަތަމަ ލަވައެއް ރެކޯޑް ކުރީ 1942 ވަނަ އަހަރު އެވެ. ލަތާގެ 70 އަހަރުވީ މިއުޒިކީ ކެރިއަރުގައި އޭނާ ވަނީ އެކި ބަސްބަހުން 30،000 އަށްވުރެ ގިނަ ލަވަ ކިޔާފައިވެ އެވެ.
މިއުޒިކީ ދާއިރާގެ ލެޖެންޑް ލަތާ މަރުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ