ނޫސްވެރިކަމުގެ މިނިވަންކަން ފާހަގަކުރާއިރު، ރާއްޖޭގައި މީޑިއާ އޮތީ ސަރުކާރުގެ ޖީބުގައި: ޝަހީދު
ނޫސްވެރިކަމުގެ މިނިވަންކަން ފާހަގަކުރާއިރު، ރާއްޖޭގައި މީޑިއާ އޮތީ ސަރުކާރުގެ ޖީބުގައި ކަމަށް ވިދާޅުވެ، ކުރީގެ ފޮރިން މިނިސްޓަރ އަދި އދ.ގެ ޚާއްޞަ ރެޕަޓުއާ ޑރ. އަހުމަދު ޝަހީދު ސަރުކާރަށް ފާޑު ވިދާޅުވެއްޖެއެވެ. ޝަހީދުގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެފައި މިވަނީ ރިޕޯޓާސް ވިތައުޓް ބޯޑާސް އިން ނެރޭ ދުނިޔޭގެ ނޫސްވެރިކަމުގެ ރޭންކިންގައި 15 ދަރަޖަ ފަހަތަށް ރާއްޖެ ވެއްޓިފައި ވަނިކޮށެވެ.ޝަހީދު ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަން ފާހަގަކުރާއިރު، ރާއްޖޭގައި މީޑިއާ އޮތީ ސަރުކާރުގެ ޖީބުގައި ކަމަށެވެ. ކަންކަމާ ގުޅޭ މައުލޫމާތު ސަރުކާރުން ދިނުމުގައި ދޭ ސަމާލުކަން ދަށަށް ގޮސް، ސަރުކާރުން ފަތުރާ ސައްޙަ ނޫން ނުވަތަ ދޮގު މަޢުލޫމާތު ފެތުރުން އިތުރުވެފައިވާކަމަށްވެސް ޝަހީދު ވިދާޅުވިއެވެ."މީޑިއާ މަނިޕިއުލޭޓްވެސް ވަނީ އިތުރު. ކަންތައްތައް އޮޅުވާލުމާއި ފޮރުވުން ދަނީ ކުރިއަށް." ޝަހީދު ވިދާޅުވިއެވެ.ޝަހީދުގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ ވެސް ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ އަމިއްލަ އެޖެންޑާތައް ފެތުރުމަށް ދައުލަތުން މީޑިއާތަކަށް މިލިއަނުން ހަރަދު ކުރަމުންދާ ކަމަށް ވިދާޅުވެ ސަރުކާރަށް ފާޑު ވިދާޅުވެފައި އެވެ.އިތުރަށް ކިޔާލަން: ސަރުކާރުގެ އަމިއްލަ އެޖެންޑާތައް ފެތުރުމަށް ދައުލަތުން މީޑިއާތަކަށް މިލިއަނުން ހަރަދު ކުރޭ: އީވާމިއަހަރުގެ ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ ލައްވާލާފައިވަނީ 87 ވަނައިގައެވެ. މިދިޔަ އަހަރު ރާއްޖެ އޮތީ 72 ވަނައިގައެވެ. މިއީ 15 ދަރަޖައިގެ ވެއްޓުމެކެވެ. އެހެން ނަމަވެސް ރައީސް ސޯލިހް ވަނީ މީޑިއާގެ މިނިވަންކަން ފުރިހަމައަށް އޮތް ކަމަށް ވިދާޅުވެފައެވެ.އިތުރަށް ކިޔާލަން: ނޫސްވެރިކަމަށް ފުރިހަމަ މިނިވަންކަން ދިނުމުގެ ނަތީޖާއާ މެދު އުފާކުރަން: ރައީސްދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅުވައިގެން އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެންމެ ބޮޑު ކަންބޮޑުވުމަކީ ރާއްޖޭގެ ނޫސްތަކަށް އިންޑިއާ އިން ނުފޫޒު ފޯރުވުން ކަމަށެވެ. މީގެއިތުރުން އިދިކޮޅުގެ ހަބަރުތައް ގެނެސްދޭ ނޫސްތަކުން ބޭނުންވާ މައުލޫމާތު ހިއްސާކުރުމުގައި ސަރުކާރުން އެއްބާރުލުން ނުދޭ މައްސަލަ ވެސް އިދިކޮޅު ކޯލިޝަނުން ފާހަގަކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ