ރާއްޖޭގެ މޫސުން ގޯސްވެ މިއަދު ހެނދުނު 10 އިން ފެށިގެން ހަވީރު 3 އާއި ހަމައަށް ރީނދޫ ސަމާލު ނެރެފައިވަނީ ހއ އަތޮޅުން ފެށިގެން ތ އަތޮޅަށް ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފިއެވެ.
މި ވަގުތުތަކުގައި ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށާއި، އަދި 25 މޭލާއި 30 މޭލާއިދެމެދު ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.
މީގެ އިތުރުން ލ އަތުޅުން ފެށިގެން އަައްޑޫ ސިޓީ އަށް ހުދު ސަމާލު ވެސް ވަނީ ނެރެފައެވެ. މިއަދު ހެނދުނު 9 އިން ހަވީރު 3 ކަށް ނެރެފައިވާ ހުދު ސަމާލުގައި ގަޑިއަކު ވިލާގަނޑުގައި 45 މޭލަށް ވައިގަދަވެ ބޯކޮށް ވާރޭ ވެހުމާއި އެކު ގުގުރާނެ ކަމަށް މެޓް އޮފީހުން ބުންޏެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި ގަދާވާނެ ކަމަށް ލަފާކޮށް މެޓުން ވަނީ ހާއްސަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސް ކޮށްފައެވެ. އަދި ހުރިހާ ފަރާތްތަކަށް ވެސް ގަދަ ވަޔާއެކު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ކުރިމަތި ވެދާނެ ނުރައްކާ ތަކުން ރައްކާތެރި ވުމަށާއި ، ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ސަލާމަތީ ފިޔަވަޅު އެޅުމަށް އިލްތިމާސް ކޮށްފައެވެ.
ރާއްޖޭގެ ބައެއް ހިސާބުތަކަށް މޫސުން ގޯސްވެ ރީނދޫ އެލާރޓް ނެރެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ