އަންނަ މެއިމަހުގެ 29ވަނަ ދުވަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި، ރ.އިނގުރައިދޫ ދާއިރާގެ ނައިބު ރައީސްކަމަށް ކުރިމަތިލުމަށް ޒުހައިރު ޢަބްދުﷲ ނިންމަވައިފިއެވެ.
މިކަން ޒުހައިރު ވަނީ "ވޮއިސް"އަށް ކަށަވަރުކޮށްދެއްވާފައެވެ.
ޒުހައިރު ވިދާޅުވީ އެމްޑީޕީގެ އިނގުރައިދޫ ދާއިރާގެ ނައިބު ރައީސަކަށް ކުރިމަތިލައްވަން ނިންމެވީ، އެ ދާއިރާގައި އެމްޑީޕީގެ ހަރަކާތްތައް އިތުރުކުރުމަށްޓަކައި ކަމަށެވެ. އަދި އިނގުރައިދޫ ދާއިރާއަކީ އިތުރަށް ތަރައްޤީއާއި ކުރިއެރުންތަކެއް ގެނެވިދާނެ ދާއިރާއެއްކަމަށް އެބޭފުޅާ ފާހަގަކުރެއްވިއެވެ.
ޒުހައިރު ވަނީ އެބޭފުޅާއަށް ތާއީދުކޮށްދޭން ދާއިރާގެ އެމްޑީޕީގެ މެންބަރުންގެ ކިބައިން އެދިލައްވާފައެވެ.
ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ޒުހައިރު ވަނީ އިނގުރައިދޫ ރަށު ކައުންސިލަށް އިންތިޚާބުވެފައެވެ. ޒުހައިރަކީ އިނގުރައިދޫގެ އިޖުތިމާޢީ އަދި ކުޅިވަރުގެ ކަންކަމުގައި ހަރަކާތްތެރިވާ ބޭފުޅެކެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިޚާބު: އިނގުރައިދޫ ދާއިރާގެ ނައިބު ރައީސްކަމަށް ޒުހައިރު!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ