ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ދުއާ ނުކުރައްވާނެ ކަމުގައި ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
އުމަރު މިހެން ވިދާޅުވީ ކޮންމެ ހުކުރު ނަމާދަކަށް ފަހު ރައީސް ނަޝީދުގެ ސަޕޯޓަރުން އިސްލާމީ މަރުކަޒުގެ ބޭރުގައި ކުރަމުންދާ ދުއާގައި މިނިސްޓަރު އުމަރު ބައިވެރިވެވަޑައިގެންނެވި ކަމަށް ބުނެ ސޯޝަލް މީޑިއާގައި މިއަދު ދައުރުވަމުންދާ ފޮޓޯއަކާއި ގުޅިގެން އެކަމަށް ރައްދުދެއްވާ ކުރެއްވި ޓްވީޓެއްގަ އެވެ.
އުމަރުގެ ޓްވީޓުގައި ވިދާޅުވީ އިސްލާމީ މަރުކަޒުން ނިކުންނަން ހުންނަ ދޮރުތަކުން މީހުންނަށް ނުނިކުމެވޭ ގޮތަށް ކޮންމެ އެ ދޮރުތައް ބަންދުކޮށްލެވިފައި ހުންނަ ކަމަށެވެ. އަދި އެމީހެއްގެ ކިބައިން ގައުމާއި ދީން ސަލާމަތްވި މީހެއްގެ މައްޗަށް ދުއާ ނުކުރައްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.
އުމަރުގެ ޓްވީޓުގައި ރައީސް ނަޝީދުގެ ނަން ވިދާޅުވެފައެއް ނުވެ އެވެ. ނަމަވެސް ޓްވީޓު އަމާޒުކުރައްވާފައިވަނީ ރައީސް ނަޝީދަށް ކަން ޓްވީޓު ކުރައްވާފައިވާ އިބާރާތުންނާ އުމަރު މީގެ ކުރިން ނަޝީދަށް އިޝާރާތްކުރައްވާ ދައްކަވާފައިވާ ވާހަކަތަކުން ސާފުވެ އެވެ.
މިއަދުގެ ދުއާގައި އުމަރު ބައިވެރިވެވަޑައިގެންނެވި ކަމަށް ބުނެ ފޮޓޯއެއް ދައުރުވަމުން ދިޔަ ނަަމަވެސް ދުއާ ކުރަމުން ދިޔަ އެހެން މީހުން ގޮތަށް ދުއާގައި ބައިވެރިވެވަޑައިގަތުމަށް އުމަރު އަތް ނަންގަވާފައެއް ނުވެ އެވެ.
ނަޝީދުގެ މައްޗަށް ދުއާއެއް ނުކުރާނަން: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ