ރޭލެއް މަތީގައި ސެލްފީ ނަގަނިކޮށް ކަރަންޓު ވާގަނޑެއްގައި އަތްލެވި، މަރުވެއްޖެ

ރަހުމަތްތެރިންތަކަކާއި އެކު ރޭލެއްގެ މަތގައި ސެލްފީއެއް ނަގަން އުޅުމުގެ ތެރޭގައި ކަރަންޓު ވަޔަރެއްގައި އަތް ލެވި، ރޭލުން ބިންމައްޗަށް ވެއްޓި ޒުވާނަކު މަރުވެއްޖެ އެވެ.
ސްޕައިންގެ އަންދަލުސްގައި ހިނގި މި ހާދިސާގައި މަރުވީ 21 އަހަރުގެ ޒުވާނެކެވެ. އޭނާ މަރުވީ، ރޭލު މައްޗަށް އަރައި، ސެލްފީ ނަގަން އުޅުމުގެ ތެރޭގައި ރޭލުގެ މަަތީގައި އޮތް ހައި ވޯލްޓޭޖް ކަރަންޓު ވަޔަރެއްގައި އަތް ލެވުމުވުގެ ސަބަބުންނެވެ. ހީވާ ގޮތުގައި، އެޒުވާނުންތަކަށް ވަޔަރުގައި އަތް ލެވުނީ އޭގެ ހަޤީޤަތް ނޭނގި، ކަރަންޓު ގުޅާފައި ހުރި ކަން ނޭނގުމުގެ ސަބަބުނެނެވެ.
35،000 ވޯލްޓުގެ އެ ވަޔަރުގައި އަތް ލެވުމުގެ ސަބަބުން އެ ޒުވާނާ ވަނީ ވަގުތުން ބިން މައްޗަށް ވެއްޓި، މަރުވެފަ އެވެ.
ފުލުހުން ބުނީ ސިއްހީ ފަރުވާދޭ ފަރާތްތަކަށް އެ ސަރަހައްދަށް އާދެވުނު އިރުގައި ވެސް އެ ޒުވާނާ ވަނީ މަރުވެފައި ކަމަށްވެ.
އެ ޒުވާނާއާ އެކު ތިބި އޭނާގެ ރަހުމަތްތެރިންގެ ތެރެއިން ބައެއް މީހުންނަށް ވަނީ އަނިޔާއާއި ޒަޚަމްތައް ކުރިމަތި ވެފަ އެވެ.
އޭގެ ތެރެއިން އެކަކަށް މިހާރު އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. އަދި އޭނާގެ ހާލު ވަރަށް ސީރިޔަސް ކަމަށް ވެސް ފުލުހުން ބުންޏެވެ.
އަންދަލުސްގެ އަންޑޫހާ ސިޓީގެ މޭޔަރު ވަނީ، ކުރިޔަށް އޮތް 3 ދުވަހު މި ހާދިސާއާ ގުޅިގެން ހިތާމަ ފާޅު ކުރުމަށް ނިންމާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ