ކްރިމިނަލް ކޯޓުގެ ގާޒީ އަހުމަދު ރަޝީދު މިރޭ ސަސްޕެންޑުކޮށްފި އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިރޭ ބޭއްވި ބައްދަލުވުމެއްގައި ގާޒީ ރަޝީދު ސަސްޕެންޑު ކުރަން ނިންމީ އެ ކޮމިޝަނުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް ވެ އެވެ. މި މައްސަލައިގަ މިއަދު ވަނީ އޭނާގެ ބަޔާނެއްވެސް ނަގާފަ އެވެ.
އެކަމަކު ރަޝީދާއި ގުޅޭގޮތުން ތަހުގީގު ކުރަމުންދަނީ ކޮން މައްސަލައެއް ކަމެއް ނޭނގެ އެވެ. އޭނާ އެ ކޯޓުގެ ގާޒީ ކަމަށް އައްޔަން ކުރެއްވީ 18 ފެބްރުއަރީ 2015 ގައި އެވެ.
އަހުމަދު ރަޝީދަކީ ކުރިން ޖޭއެސްސީގައި ގާނޫނީ ވަކީލުން ތަމްސީލް ކުރެއްވި ބޭފުޅެކެވެ.
ކްރިމިނަލް ކޯޓުގެ ގާސީ ރަޝީދު ސަސްޕެންޑު ކުރި އިރު މިދިޔަ މަހު ވަނީ އެ ކޯޓުގެ އިސް ފަނޑިޔާރު އަބްދުލް ބާރީ ޔޫސުފް ވަނީ ކުއްލި ގޮތަކަށް ޖުވެނައިލް ކޯޓަށް ބަދަލު ކޮށްފަ އެވެ. އަދި އެ ކޯޓުގެ ފަނޑިޔާރު އަހުމަދު ޝަކީލް ވަނީ ފެމިލީ ކޯޓަށް ބަދަލު ކޮށްފަ އެވެ.
ކްެރިމިނަލް ކޯޓުގެ ގާޒީ އަހުމަދު ރަޝީދު ސަސްޕެންޑު ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ