ގައުމާއި ރައްޔިތުން ހިމާޔަތް ކުރުމުގައި މީގެ ކުރިން ވެސް ސްޕްރީމްކޯޓުން ވަނީ ސާބިތުކަން ދައްކާފަ: ސައީދު

ގައުމާއި ރައްޔިތުން ހިމާޔަތް ކުރުމުގައި ސްޕްރީމްކޯޓުން މީގެ ކުރިން ވެސް ވަނީ ސާބިތުކަން ދައްކާފަ ކަމަށް އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައެވެ.
މިނިސްޓަރު ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފިތުނަވެރިންގެ ރޭވުންތަކުން ގައުމާއި ރައްޔިތުން ހިމާޔަތް ކުރުން އެއީ ގައުމީ ވާޖިބެއް ކަމަށެވެ. އެކަން ސްޕްރީމްކޯޓުން ވަނީ މީގެ ކުރިން ވެސް ސާބިތުކަމާ އެކު ދައްކުވާފައި ކަމަށް މިނިސްޓަރު ސައީދު ވިދާޅުވިއެވެ.
މިނިސްޓަރު ސައީދުގެ މިމޭރުމުން ވާހަކަފުޅުދައްކަވާފައި މިވަނީ ރައްޔިތުންގެ މަޖިލީހަށް ސިޔާސީ ޕާޓީއަކުން އިންތިޚާބް ވުމަށް ފަހު, އެ ޕާޓީން ވަކިވުމާއި، ޕާޓީ ބަދަލަކުރުމާއި އަދި ޕާޓީން ވަކިކުރާ ހާލަތްތަކުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ގެއްލޭނެ ކަމަށް ކަނޑައަޅައިދިނުމަށް އެދި ބަންޑާރަނައިބު ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ