ވައްކަން ކުރުމަކީ ނުވަތަ ކޮރަޕްޝަނުގެ ބޮޑެތި އަމަތުލތައް ހިންގުމަކީ ރައްޔިތުން ދަންނަ ތަރައްޤީއެއް ނޫންކަމަށް އަދާލަތު ޕާޓީގެ ފޮރިންގ ރިލޭޝަން ކޮމިޓީގެ ޗެއަރ ޝިދާތާ ޝަރީފު ވިދާޅުވެއްޖެ އެވެ.
ޝިދާތާ މިހެން ވިދާޅުވީ ބ ކަމަދޫ ބައި އިލެކްޝަނުގެ ތެރެއިން ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ރޭ އެރަށުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ޝިދާތާ ވިދާޅުވީ ކޮރަޕްޝަނާއި ވައްކަން ކުރުމަކީ ރައްޔިތުން ދަންނަ ތަރައްޤީއެއް ނޫންކަމަށާއި ތަރައްޤީގެ ގޮތުގައި ރައްޔިތުން ދަންނަނީ ފަސޭހައިން ފެންވަރު ރަނގަޅު ހިދުމަތް ލިބުން ކަމުގައެވެ. އަދި ރައްޔިތުން ބޭނުންވަނީވެސް ފަސޭހައިން ފެންވަރު ރަނގަޅު ހިދުމަތް ލިބޭނެ ތަރައްޤީ ކަމަށް ޝިދާތާ ވިދާޅުވިއެވެ.
ސަރުކަރަށް ނިސްބަތް ކުރައްވާ ޝިދާތާ ވިދާޅުވީ ބައެއް ފަރާތްތަކުން ތަރައްޤީއެއް ބުނެ ވާހަކަ ދައްކާއިރު ރަތައްޤީގެ ދެވަނަ މާނައަކީ ކޮރަޕްޝަން ނުވަތަ ވައްކަން ކުރުންކަމަށް ދޭހަވާގޮތަށް ވާހަކަ ދައްކަމުން ގެންދާ ކަމުގައެވެ.
ޝިދާތާ ވިދާޅުވީ ދިވެހި ތަރައްޤީ ކިޔަނީ ވާނުވާ ގޭންގި ގެންލިގެން އުޅޭ ފައިސާއަށް ނޫންކަމަށާއި ވައްކަމާއި ކޮރަޕްޝަނަށްވެސް ނޫން ކަމުގައެވެ.
ވައްކަން ކުރުމަކީ ރައްޔިތުން ދަންނަ ތަރައްޤީއެއް ނޫން: ޝިދާތާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ