ޖުމްހޫރީ ޕާޓީގެ ލީޑާރ ގާސިމް އިބްރާހިމް މެޑިކާ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފި އެވެ.
ގާސިމް އެޑްމިޓް ކޮށްފައިވަނީ އޮފީހަށް ވަޑައިގަންނަވަނި ކޮށް ބޯ އަނބުރައި، ހޮޑުލަވާ ގޮތްވެ، އަދި ނޭވާ ކުރުވާން ފެށުމުންނެވެ.
ގާސިމް އަށް ފަރުވާދެމުން އަންނަނީ މެޑިކާ ހޮސްޕިޓަލުންނެވެ. މަޣުލޫމާތު ލިބިފައިވާ ގޮތުގައި ގާސިމް އާއި އާލާސްކަންފުޅު ޖެހުނީ ކާރު ކޮޅުގައި އިންނަވަނިކޮށް ކަމަށާއި އޭރު ކާރުކޮޅު އޮތީ ބަންޑާރަ މިސްކިތް ކާރީގައި ކަމުން އެންމެ އަވަހަށް ދެވޭ ހޮސްޕިޓަލަކަށް ގާސިމް ވަޑައިގެންނެވީ ކަމަށެވެ. ޑޮކްޓަރުން އަދިވެސް އަންނަނީ ގާސިމް އަށް ފަރުވާ ދެއްވަމުންނެވެ.
ގާސިމް އެޑްމިޓް ކޮށްފައި ވާއިރު ގާސިމްގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތް މިއަދު 14:00 ވަނީ ތާވަލްކުރެވިފައެވެ.
ގާސިމް އިބްރާހިމް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ