ސަރުކާރަށް އަނެއްކާވެސް ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެ

ރައްޔިތުން މަޖިލީހުގެ ހަ މެންބަރެއްގެ ގޮނޑި ހުސްވުމާއި އެކު ސަރުކާރަށް ތާއިދު ކުރާ މެންބަރުންނަށް އަނެއްކާވެސް ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެއެވެ.
ވެރިކަން ކުރާ ޕީޕީއެމްގެ ސިޔާސަތުތަކާއި ދެކޮޅު ހައްދަވާ އިދިކޮޅު ފަރާތްތަކަށް ތާއިދު ކުރި ހަމެންބަރުންގެ ގޮނޑި ގެއްލުމާއި އެކު މިހާރު ރައްޔިތުން މަޖިލީހުގެ މެންބަރުންގެ އަދަދަކީ 79 އެކެވެ. ސަރުކާރަށް ތާއިދު ކުރާ ރައްޔިތުން މަޖިލީހުގެ މެންބަރުންގެ އަދަދަކީ މިހާރު 40 އެވެ. އިދިކޮޅު ފަރާތްތަކަށް ތާއިދު ކުރާ މެންބަރުންގެ އަދަދަކީ 39 އެކެވެ.
(ތަފްސީލް އަންނަނީ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ