މާލޭ ސިޓީ ކައުންސިލްގެ މާފަންނު މެދުދާއިރާގެ މެމްބަރު އަޒްރާ މޫސާއާއި އިތުރު ބަޔަކު ހައްޔަރުކޮށްފިއެވެ.
އަޒްރާއާއި އިތުރު ބަޔަކު ހައްޔަރު ކޮށްފައިވަނީ އިދިކޮޅު ޕާޓީތަކުން ހ އިވްނިން ގްލޯރީ ކަންމަތީގައި ކުރިއަށް ގެންދާ އިހްތިޖާޖުގެ ތެރެއިންނެވެ. އަޒްރާއަކީ އެމްޑީޕީއަށް ނިސްބަތްވާ ކައުންސިލް މެމްބަރެކެވެ.
ހައްޔަރުކުރި މީހުންގެ ތެރޭގައި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެމްބަރު ޒިފްލީންއާއި ހަސަންޓޭއާއި ޝާމްވެސް ހިމެނެއެވެ. މިމީހުންގެ އިތުރުންވެސް ބައެއް މީހުން ހައްޔަރުކޮށްފައި ވެއެވެ. ނަމަވެސް ހައްޔަރުކޮށްފައިވަނީ ކިތައް މީހުން ކަމެއް އަދި ސާފެއް ނުވެއެވެ.
މިރޭ ކުރިއަށްދާ އިޖްތިޖާޖަކީ މަޖިލިސް މެމްބަރުންނަށް ސަރުކާރުން ކުރަމުން ގެންދާ ގޯނާތަކާއި ދެކޮޅަށް ކުރާ އިހްތިޖާޖެކެވެ.
ސިޓީ ކައުންސިލް މެމްބަރު އަޒްރާއާއި އިތުރު ބަޔަކު ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ