ބައިބައިވުމާ ހަމަނުޖެހުން އުފައްދާ ފަރާތްތަކަށް ދެން ޖާގައެއް ނެތް: ރައީސް މައުމޫނު

ގައުމުގައި ބައިވައިވުން އުފައްދާ ސިޔާސީ ހަމަނުޖެހުން އުފައްދާ ފަރާތްތަކަށް ދެން ޖާގައެއް ނެތް ކަމަށް ރައީސް މައުމޫނު އަބުދުލް ގައްޔޫމު ވިދާޅުވެއްޖެއެވެ.
ކޯނީގެ ރިޕޯޓައި ގުޅިގެން ރައީސް މައުމޫނު މިއަދު ނެރުއްވާފައިވާ ބަޔާނެއްގައި ވިދާޅުވެފައިވަނީ، މުސްތަގުބަލު ހަލާކެއްގެ ތެރެއަށް އެއްލާލެވެން ނެތް ކަމަށާއި ގާނޫނު އަސާސީއާއި ދިމޮކްރަޓިކް އުސޫލުތައް ދަމަހައްޓަން ޖެހޭ ކަމަށެވެ. އަދި ފާއިތުވީ މަދު އަހަރުތަކުގެ ތެރޭގައި ހަދާފައިވާ ގޯސްތައް ތަކުރާރު ކުރުމަށް ޖާގަ ދެވެން ނެތް ކަމަށް ވެސް ރައީސް މައުމޫނުވަނީ ވިދާޅުވެފައެވެ.
އަދި މިހަފްތާގެ ނިޔަލަށް ކޯނީން އާއްމު ކުރުމަށް ނިންމާފައިވާ ރިޕޯޓަކީ ގައުމަށް ހަމަޖެހުމައި ސުލްހަ މަސަލަސްކަން ގެނެސް އެއްބައިވުމަށް ލިބޭ ފުރުސަތަކަށް ހެދުމަށް ވެސް ރައީސް މައުމޫނުވަނީ ގޮވާލައްވާފައެވެ.
ކޯނީގެ ރިޕޯޓުގެ ސަބަބުން ވެރިކަން ބަދަލުވެފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ބުނާ ފަރާތްތަކަށް ވެސް ޖަވާބެއް ލިބި އެކަން ހުއްޓުމަކަށް އަންނާނެ ކަމަށާއި އަދި މިއީ ރާއްޖޭގެ އިގްތިސާދު ހަމަ މަގަށް އަޅުވާ ގައުމުން ކޮރަޕްޝަން ނައްތާލާ ތަރައްގީއަށް މަސައްކަތް ކުރުމަށް ލިބޭ ފުރުސަތެއް ކަމަށް ދެކެލައްވާ ކަމަށް ވެސް މައުމޫނު ވިދާޅުވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ