ހުޅުވިތާ ފަސް މަސް ފަހުން އައިޖީއެމްއެޗްގެ އާބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރު (ޔޫޕީއެޗްސީ) މަރާމާތުކުރުމަށް މިއަދު ވަގުތީގޮތުން ބަންދުކޮށްފިއެވެ.
އައިޖީއެމްއެޗުން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުން މިއަދުން ފެށިގެން މި މަހުގެ 22 ވަނަ ދުވަހާ ހަމައަށް އެ ސެންޓަރު ބަންދުވާނެއެވެ.
އެ މުއްދަތުގައި ޑޮކްޓަރަށް ދެއްކުމުގެ ހިދުމަތް އައިޖީއެމްއެޗްގެ ޖީއޯޕީޑީއަށް ބަދަލުކޮށްފައިވާ ކަމަށާއި، ދަމަނަވެށިން ވެކްސިން ޖެހުމުގެ ހިދުމަތް ލިބޭނެ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
ރަސްފަންނު ބީޗު ސަރަހައްދުގައި ހުންނަ މި ސެންޓަރަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ކޮރަލް ބޮލެވާޑުގެ ގޮތުގައި އިމާރާތްކުރަން ފެށި ތަނެކެވެ. އެ އިމާރާތް ޖެނެރަލް ޕްރެކްޓިސް ކްލިނިކަކަށް ބަދަލުކޮށް ހުޅުވީ މިދިޔަ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހުއެވެ. އެ ސެންޓަރުގައި ޖެނެރަލް ޕްރެކްޓިސް ކްލިނިކަކާއި ޗައިލްޑް ހެލްތު ކްލިނިކެއްގެ އިތުރުން ފަރުވާ ދޭ ކޮޓަރިއަކާއި، ފަޅާ ކޮޓަރިއަކާއި، ވެލްނެސް ކްލިނިކަކާއި، ކައުންސިލިން ރޫމަކާއި އެކްސްރޭ ކޮޓަރިއެއް ހިމެނެއެވެ.
އާބަން ހެލްތު ކެއާ ސެންޓަރު މަރާމާތަށް ވަގުތީގޮތުން ބަންދުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ