މާލޭ ސިޓީ ކައުންސިލުގެ މެމްބަރު އިބުރާހީމު ސުޖާއުއާއި އޭނާގެ ބޭބެ އިސްމާއީލު ސުޖައު ޑީއާރުޕީން ވަކިވެވަޑައިގެންފިއެވެ.
ސީއެންއެމަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ސުޖާއުއާއި އޭނާގެ ބޭބެ ޑީއާރުޕީން ވަކިވީ ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކާއި އެކު ކޯލިޝަން ހެދުމަށް މިއަދު އެޕާޓީން ނިންމުމުންނެވެ.ޕާޓީން ވަކިވެވަޑައިގެންނެވިކަން ސުޖައުވަނީ ސީއެންއެމަށް ކަށަވަރު ވެސް ކޮށްދީފައެވެ. ސުޖާއުގެ ބޭބެ އިސްމާއިލު ސުޖާއުއަކީ އެންމެފަހުން ބޭއްވި ކޮންގްރެސްގައި އެންމެ ގިނަ ވޯޓާއެކު އެޕާޓީގެ ކައުންސިލަށް އިންތިހާބު ކުރި މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެވެ.
ސުޖާއު ވިދާޅުވީ އޭނާއާއި އޭނާގެ ބޭބެ އެޕާޓީން ވަކިވާން ނިންމީ ޕާޓީގެ ނިންމުންތަކާއި މެދު ހިތްހަމަ ނުޖެހޭތީ ކަމަށެވެ.
ސުޖާއު ވިދާޅުވީ ޑީއާރުޕީން ވަކިވެވަޑައިގެންނެވި ނަމަވެސް އިތުރު ޕާޓީއަކާއި ގުޅުމަށް އަދި ނިންމާފައި ނުވާ ކަމަށެވެ.
މާލޭ ސިޓީ ކައުންސިލުގެ މެމްބަރު ސުޖާއުއާއި އޭނާގެ ބޭބެ ޑީއާރުޕީން ވަކިވެވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ