ރޯދައަށް ހާއްސަކޮށް ދިރާގުން އިތުރު ޑޭޓާ ދެނީ

ރޯދަ މަހަށް ޚާއްސަކޮށް ދިރާގުން ކަސްޓަމަރުންނަށް ޑޭޓާ ޕެކޭޖުތަކެއް ތައާރަފްކޮށްފި އެވެ.
ދިރާގުން ބުނީ އެ ކުންފުނީގެ ޕޯސްޕެއިޑް ހުރިހާ ކަސްޓަމަރުންނަށް މި ޑޭޓާ ޕެކޭޖުން ސޯޝަލް މީޑިއާ އަށް އިތުރު ޑޭޓާ ލިބޭނެ ކަމަށެވެ. މި ޕްރޮމޯޝަން ކުރިއަށް ގެންދަން ނިންމާފައި ވަނީ އަންނަ މެއި މަހުގެ ނިޔަލަށެވެ.
ދިރާގު ޕޯސްޑްޕެއިޑްގެ ގޮތުގައި 350ރ. އާއި 550ރ. އަދި 750ރ. ޕެކޭޖު ގެންގުޅޭ ކަސްޓަމަރުންނަށް، އަލަށް ތައާރަފްކުރި ޕެކޭޖުން އިތުރު 2 ޖީބީ ލިބޭ އިރު ޕޯސްޑްޕެއިޑް 1000ރ. އަށް ވުރެ މަތީގެ ޕެކޭޖުތައް ގެންގުޅޭ ކަސްޓަމަރުންނަށް އިތުރު 10 ޖީބީ ސޯޝަލް މީޑިއާއަށް ލިބޭނެ އެވެ.
ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް ޑޭޓާ ބޭނުންކުރުމުގައި އިތުރަށް ލުއި ފަސޭހަކޮށްދިނުމުގެ ގޮތުން 75ރ. އަށް 3 ޖީބީގެ ޑޭޓާ ލިބޭނެ ހާއްސަ ޑޭޓާ ޕެކޭޖެއް ވެސް ވަނީ ތައާރަފްކޮށްފަ އެވެ. މެއި މަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޑޭޓާގެ މުއްދަތަކީ އެކްޓިވޭޓް ކުރާ ވަގުތުން ފެށިގެން ހަތް ދުވަހެވެ.
ދިރާގު ޕޯސްޓްޕެއިޑް އަދި ޕްރީޕެއިޑް ކަސްޓަމަރުންނަށް ހާއްސަ ޑޭޓާ ޕެކޭޖްގެ އިތުުރުން މޯބައިލް ފޯނުން ފިތުރު ޒަކާތް ދެއްކޭނެ އިންތިޒާމުތައް ވެސް ވަނީ ހަމަޖައްސައިދީފަ އެވެ. އެގޮތުން ދިރާގު ޕޭ މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކޭނެ އެވެ.
Fithr Zakath Payment | DHIRAAGU
ދިރާގު ޕޭ ބޭނުންކޮށްގެން ފިތުރު ޒަކާތް ދެއްކޭނެމީގެ އިތުރުން، ދިރާގު ޕްރިޕެއިޑް ކަސްޓަމަރުންނަށް އެހެން އަހަރުތަކެކޭ އެއް ފަދައިން އެސްއެމްއެސް މެދުވެރިކޮށް ޒަކާތް ދެއްކޭނެ އެވެ. އެސްއެމްއެސް މެދުވެރިކޮށް، ފިތުރު ޒަކާތް ދެއްކުމަށް ގުޅަން ޖެހެނީ *5*454# އަށެވެ.
ކޮވިޑް-19 އާ ގުޅިގެން ކަސްޓަމަރުންނަށް ލުއި ފަސޭހަކަން ފޯރުކޮށްދިނުމުގެ ގޮތުން ދިރާގުން ދަނީ މާޗް މަހުން ފެށިގެން އިތުރު ޑޭޓާ އާއި ޑިސްކައުންޓް ދިރާގު މޯބައިލް އަދި ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ފޯރުކޮށްދެމުންނެވެ. އަދި މި ޑިސްކައުންޓްތަކާއި އިތުރު ޑޭޓާ މެއި މަހުގެ ނިޔަލަށް ދޭން ވަނީ ނިންމައިފަ އެވެ.
އެއާއެކު މި ހާލަތާ ގުޅިގެން ގައުމުގެ ހާލަތަށް ދިމާވާ ކަންތައްތައް ވަރަށް ގާތުން ބަލައި، މި ދަނޑިވަޅުގައި ކަސްޓަމަރުންނަށް އިތުރު ލުއި ފަސޭހަތައް ފޯރުކޮށްދެވޭނެ ގޮތްތައް ބަލަމުން އަންނަ ކަމަށް ދިރާގުން ބުނެ އެވެ.
Our response to support our community
ކޮވިޑް-19 އާ ގުޅިގެން ދިރާގުން ކުރަމުންދާ ކަންތައްތަކުގެ އިތުރު މައުލޫމާތުތައް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ