ކަރަންޓު ކެނޑުމުން ޖަލްސާ ފެށުން ލަސްވެއްޖެ

މަޖިލީހުގެ އިދާރާއިން ކަރަންޓު ކެނޑުމާއި ގުޅިގެން މިއަދުގެ މަޖިލީހުގެ ޖަލްސާ ފެށުން ލަސްކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމަށް އެޖެންޑާ ކޮށްފައި އޮތީ މިއަދު 11:00 އަށެވެ. އެހެން ނަމަވެސް މަޖިލީހުން ބުނެފައި ވަނީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މަޖިލީހުގެ ޖަލްސާ ފެށުމަށް ހަމަޖެއްސި ގަޑި ފަސްކުރަންޖެހިފައި ވާ ކަމަށެވެ.
އަދި މައްސަލަ ހައްލު ކުރެވުނުހާ އަވަހަކަށް ޖަލްސާ ފަށާނެ ގަޑި އިއުލާން ކުރާނެ ކަމަށެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ގިނަ ކަންތައްތަކެއް އެޖެންޑާ ކޮށްފައެވެ. އޭގެތެރޭގައި ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާއި ގުޅޭ ބިލުތައްވެސް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ