އެޗްއާރުސީއެމްގެ މެމްބަރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި

ހިއުމަން ރައިޓްސް ކޮމިޝަނުގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
ފަސް މެމްބަރުން ހިމެނޭ ކޮމިޝަނުގެ މެމްބަރު ކަމަށް ކުރިމަތިލެވޭނީ މި މަހުގެ 23 އާ ހަމައަށެވެ. މެންބަރު ކަމަށް ކުރިމަތިލާން އެދޭ ފޯމު ރައީސް އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ އެ އޮފީހުގެ އިއުލާނުގައި ވެ އެވެ.
ކޮމިޝަނުގެ މެމްބަރު ކަމަށް ކުރިމަތިލާން ހުޅުވާލައިފައި މިވަނީ އެ ކޮމިޝަންގެ މެންބަރެއްގެ މަގާމުގެ ދައުރުގެ މުއްދަތު ހަމަވާތީ އަދި ކޮމިޝަންގައި ހުސްވެފައިވާ އިތުރު މަގާމަކަށް ކުރިން ހުޅުވާލި ފުރުސަތުގައި ކުރިމަތިލި މީހުންގެ ތެރެއިން މީހަކު އައްޔަން ކުރަން މަޖިލީހުން ރުހުން ދީފައި ނުވާތީ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ކޮމިޝަނަށް ވަރަށް ފަހުން ވަނީ މެމްބަރުންތަކެއް އައްޔަން ކުރައްވައިފަ އެވެ. އެއީ، އައިމިނަތު ޝަފާއަތު އަބްދުއް ރައްޒާގާއި މުއުމިނާ ވަހީދުގެ އިތުރުން ޑރ. އަހުމަދު އަދުހަމް އަބްދުﷲ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ