ކައިޒީންގެ ގިވްއަވޭ: ފައިސާ ދިނީ އެންމެ ބޭނުން ޖެހިފައި ތިބި ތިން މީހުންނަށް

މަޝްހޫރު މޮޑެލް ފާތިމަތު ޒަޔަން (ކައިޒީން) 3000 ޑޮލަރުގެ ގިވްއަވޭއަކަށް ހުޅުވާލުމުން އެތައް ބަޔަކު ވަނީ އޭނާ އެ ނުދޭނެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި މަލާމާތްކޮށްފައެވެ. ކައިގެ އިންސްޓަގްރާމުގައި އެއްލައްކަ ފޮލޯވާސް ހަމަވުމާ ގުޅިގެން އެކަމުގެ އުފަލުގައި އޭނާ ހުޅުވާލި ގިވްއަވޭގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ހޮވޭ ތިން ފަރާތަކަށް 1000 ޑޮލަރު ދޭނެ ކަމަށް އޭނާ ބުންޏެވެ.
ފާޒިލް އިސްމާއިލް (ފިޓްފާޒިލް)ގެ ގިވްއަވޭއަކީ ފްރޯޑްއަކަށް ވުމުން އެތައް ބަޔަކު ބުނަމުން ދިޔައީ ކައިވެސް ހަދާނީ އެހެން ކަމަށެވެ. އެހެންނަމަވެސް މީހުން ދެއްކި ވާހަކަތަކަށް ރަނގަޅު ރައްދެއް ދެމުން ކައި މިވަނީ މިއަދު ގިވްއަވޭ ކާމިޔާބު ކުރި ތިން ނަސީބުވެރިން ހޮވައިފައެވެ.
އެހެން ފަރާތްތަކުން ދޭ ގިވްއަވޭތަކާ ހިލާފަށް ކައި، އޭނާގެ ގިވްއަވޭގެ ފައިސާ ދިނީ އޭގައި ބައިވެރިވި މީހުންގެ ތެރެއިން އެންމެ ބޮޑަށް ފައިސާގެ ބޭނުން ޖެހިފައިވާ ތިން މީހުންނަށެވެ. އެގޮތުން ކައި ވަނީ އެ ގިވްއަވޭ ކާމިޔާބު ކުރި ތިން މީހުން، އެމީހުންގެ ހާލު ހިއްސާކޮށް ކުރި މެސެޖުތައްވެސް އޭނާގެ އިންސްޓަގްރާމު އެކައުންޓުގައި ހިއްސާކޮށްފައެވެ.
ކައި ވަނީ އެ ތިން ނަސީބުވެރިންގެ އިތުރުން، މީހަކަށްވެސް ހާއްސަ ހަދިޔާއެއް ދީފައެވެ. ކައި އެމީހާއަށް ދިނީ އޭނާގެ ބައްޕައަށް ބޭނުންވާ ފުރޮޅުލީ ގޮނޑިއެވެ. ކައިޒީންގެ ގިވްއަވޭ އެއްވެސް ދޮގު ހެދުމެއްނެތި އޭގެ ހައްގުވެރިންނަށް ދިނުމުން އެތައް ބަޔަކު އަންނަނީ ކައިއަށް ތައުރީފުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ