ކުއްތާ ހޯދަން އުމަރު ނެދަލޭންޑަށް ފުރާވަޑައިގެންފި

އެއާޕޯޓަށް ބޭނުންވާ ކުއްތާއާއި ބޮޑީ ސްކޭނަރު މެޝިން ހޯދަން ހޯމް މިނިސްޓަރު އުމަރު ނަސީރު ނެދަލެންޑްސް އަށް ފުރާވަޑައިގެންފި އެވެ.
މިނިސްޓަރު ނެދަލެންޑްސްއަށް ކުރައްވާ މި ދަތުރުފުޅުގައި ކޭ 10 ވޯކިން ޑޯގްސް އަދި އޯޑީ ސެކިއުރިޓީ ކުންފުންޏަކަށް ޒިޔާރަތްކުރައްވާނެ އެވެ. އަދި އަބޫދާބީއަށް ވަޑައިގެން އެމިރޭޓްސްގެ ހޯމްމިނިސްޓަރާއި ބައްދަލު ކުރައްވާ ރާއްޖޭގެ ފުލުހުންނަށް ބޭނުންވާ ބައެއް ސާމާނު ހޯދުމުގެ މަސައްކަތް ކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. އަދި މި ދަތުރުފުޅުގައި އަބޫދާބީގެ އެއާޕޯޓުގައި ހަރުކޮށްފައިވާ ބޮޑީ ސްކޭން މެޝިންތައް ވެސް މިނިސްޓަރު ބައްލަވާނެއެވެ.
މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ 16 ވަނަ ދުވަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ