މިއަދު ހަވީރު ކުޅުނު މެޗު ޕޮލިސް ކުލަބުން ކާމިޔާބުކޮށްފި

އެލައިޑް އިންޝިއުރެންސް ފުރަތަމަ ޑިވިޝަން ގައުމީ ވޮލީ ބޯޅަ މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗު ޕޮލިސް ކުލަބުން ކާމިޔާބުކޮށްފި އެވެ.
ޖުމްލަ ހަތަރު ޓީމު ބައިވެރިވެފައިވާ މި މުބާރާތުގައި މިއަދު ކުޅުނު މެޗު އެޓީމުން ކާމިޔާބުކުރީ ސްޕޯޓްސް ކުލަބު ގުޑީސް އާއި ބައްދަލުކޮށް ސީދާ ތިން ސެޓުންނެވެ.
މި މެޗުގެ ސެޓުތައް 25-19 ،25-12 އަދި 25-16 އިން ކާމިޔާބުކޮށްފައިވާއިރު، މެޗުގެ މޮޅު ކުޅުންތެރުޔާގެ މަގާމަށް ހޮވުނީ ޕޮލިސް ކުލަބުގެ ބިދޭސީ ކުޅުންތެރިޔާ ޕްރަބާގަރަން އެވެ.
މުބާރާތުގައި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ދިވެހި ސިފައިންގެ ކުލަބާއި، ސްޕޯޓްސް ކުލަބު ސިޓީ އެވެ.
މި އަހަރުގެ މުބާރާތުގައި ޖުމްލަ ހަތަރު ޓީމެއް ބައިވެރިވެފައިވާ އިރު، އެ ޓީމުތަކަކީ ދިވެހި ސިފައިންގެ ކުލަބު، ޕޮލިސް ކުލަބު، ސްޕޯޓްސް ކުލަބު ގުޑީސްގެ އަދި ސްޕޯޓްސް ކުލަބު ސިޓީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ