"ގައުމައިގެން ކުރިއަށް" ކޯލިޝަންގެ ކެމްޕޭން މެނޭޖަރަށް އަބްދުﷲ ރަޝީދު

ރައީސް މުހަންމަދު ވަހީދުގެ "ގައުމައިގެން ކުރިއަށް" ކޯލިޝަންގެ ކެމްޕޭން މެނޭޖަރަކަށް ކުރީގެ އިލެކްޝަންސް ކޮމިޝަނަރުގެ މަގާމު ފުރުއްވި އަބްދުﷲ ރަޝީދު (ސީދިބެ)މިދިޔަ އާދީއްތަ ދުވަހު އައްޔަން ކޮށްފި އެވެ.
އަބްދުﷲ ރަޝީދަކީ އެޑިއުކޭޝަން މިނިސްޓަރުގެ ނާއިބުގެ މަގާމުގެ އިތުރުން ޔޫއެންޑީޕީގެ އެސިސްޓެންޓް ރެޕްރެޒެންޓޭޓިވްގެ މަގާމު ވެސް ފުރުއްވި ބޭފުޅެކެވެ. އަދި އެންމެ ފަހުން އޭނާ ހުންނެވީ ވޯލްޑް އޮގަނައިޒޭޝަން އޮފް ދަ ސްކައުޓް މޫވްމަންޓުގެ އޭޝިއާ ޕެސިފިކްގެ ރީޖަނަލް ޑައިރެކްޓަރުގެ މަގާމުގަ އެވެ. އެ މަގާމުގައި 11 އަހަރު ވަންދެން އުޅުއްވުމަށް ފަހު އޭނާ ރިޓަޔާ ކުރެއްވީ މިދިޔަ މަހު އެވެ.
އަބްދުﷲ ރަޝީދަކީ ދުނިޔޭގެ ސްކައުޓް ޖަމިއްޔާގެ ފަރާތުން ވެސް މަތީ ޝަރަފު އެކި ފަހަރު މަތިން އަރުވާފައިވާ ބޭފުޅެކެވެ. އަދި ރާއްޖޭގެ ސްކައުޓް ހަރަކާތް ކުރިއަރުވަން ގިނަ މަސައްކަތްތަކެއް އޭނާ ވަނީ ކުރައްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ