ދާދި ފަހުން ޖަލު ހުކުމެއް ތަންފީޒުކޮށްފައިވާ، ބޮލީވުޑްގެ މަޝްހޫރު ބަތަލު ސަންޖޭ ދަތު ހައްޔަރު ކުރުމުގެ އަމުރެއް އިންޑިއާގެ އަދޭރީ ކޯޓުން ނެރެފި އެވެ.
އޮމަންގް ކުރާމްގެ ފިލްމް "ބޫމީ"ގެ މަސައްކަތް މިހާރު ކުރަމުން އަންނަ ސަންޖޭ ހައްޔަރު ކުރުމުގެ އަމުރެއް ނެރެފައި ވަނީ މި ވަނީ އޭނާ 2002 ވަނަ އަހަރު ކުޅެން ސޮއިކުރި ފިލްމް "ޖާން ކީ ބާޒީ" ގެ ޕްރޮޑިއުސަރު ޝަކީލް ނޫރާނީ އަށް އިންޒާރުދޭ ކަމަށް ބުނާ މައްސަލައެއްގަ އެވެ.
ސަންޖޭގެ މައްޗަށް ޝަކީލް ކުރާ ދައުވާގައި ބުނެފައި ވަނީ "ޖާންކީ ބާޒީ" ކުޅެން ސޮއިކޮށް، އެ ފިލްމުން ސަންޖޭ 50 ލައްކަ ރުޕީސް ވެސް ނަގާފައިވާ ކަމަށެވެ. އަދި އެގްރިމަންޓާ އެއްގޮތަށް އޭނާ އެ ފިލްމް ކުޅެ ދީފައި ނުވާ އިރު، ފައިސާ ވެސް އަނބުރާ ރައްދު ނުކުރާ ކަމަށާއި މައްސަލަ ކޯޓަށް ވެއްދީ އަންޑަވޯލްޑްގެ ބަޔަކު ބޭނުންކޮށްގެން އިންޒާރު ދޭތީ ކަމަށް ބުނެފައިވެ އެވެ.
މި މައްސަލަ މީގެ ކުރިން ޝަކީލް ބޮމްބޭ ހައި ކޯޓަށް ވެސް ހުށަހެޅި އެވެ. އެ ފަހަރު ކޯޓުން ވަނީ ސަންޖޭގެ ހަރުމުދާތައް ހިފެހެއްޓުމަށް ވެސް އަމުރުކޮށްފަ އެވެ.
މި މައްސަލާގައި 2013 ވަނަ އަހަރު ވެސް ސަންޖޭ ކޯޓަށް ހާޒިރުވާން އަމުރު ނެރެފައިވެ އެވެ. އެކަމަކު އެ ފަހަރު ވެސް އޭނާ ކޯޓަށް ހާޒިރު ނުވުމުން، އަމުރު ވަނީ ބާތިލްކޮށްފަ އެވެ.
ސަންޖޭ އަންހެނުން މަންޔިތާއާ އެކު.
އަދި މި މައްސަލަ ކޮޅެއްގައި ނުޖެހި އޮއްވައި މުމްބާއީ އަށް 1993 ވަނަ އަހަރު ދިން ޓެރަރިސްޓް ހަމަލާގެ ކުށް ސާބިތުވެ، ސަންޖޭގެ މައްޗަށް ޖަލު ހުކުމެއް އައިސް ޖަލަށް ދާން ޖެހުނެވެ.
ޝަކީލް ގެ ވަކީލް ނީރްޖާ ގުޕްތާ އަލުން މައްސަލަ އަލުން ކޯޓަށް ވެއްދީ ސަންޖޭ ޖަލުން މިނިވަންވުމުން މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.
މިކަމާ ބެހޭ ގޮތުން ސަންޖޭގެ ގާނޫނީ ޓީމުން ނެރެފައިވާ ބަޔާނެއްގައި ނުނީ ޝަކީލް ދައުވާ ކުރާ މައްސަލާގައި މިހާތަނަށް ޖަވާބުދާރީވެވިފައި ނުވަނީ ދެ ފަރާތުގެ މެދުގައި ރަނގަޅަށް މުއާމަލާތް ކުރެވިފައި ނުވާތީ ކަމަށެވެ.
އަދި ކޯޓުން މިހާރު ނެރެފައިވާ އަމުރަށް ތަބާވުމުގެ ގޮތުން ކުރަން ޖެހޭ ކަންކަން ކުރާނެ ކަމަށް ސަންޖޭގެ ގާނޫނީ ޓީމުން ބުންޏެވެ
ސަންޖޭ ދަތު ހައްޔަރުކުރުމުގެ އަމުރެއް ކޯޓުން ނެރެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ