ރައްޔިތުންނަށް ލުއި ފަސޭހަކޮށް އަދި ޚަރަދު ކުޑަކޮށް އަދުލު އިންސާފު ގާއިމް ކުރުމުގެ ޚިދުމަތް ދިނުމުގެ ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކާއި ހައި ކޯޓާ ދެމެދު އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބައެއް ޝަރީއަތް ހިންގަން ހައި ކޯޓުން ފަށައިފި އެވެ.
ހައި ކޯޓުން ބުނީ އެގޮތަށް ހަމަޖެހުމާ އެކު އެ ކޯޓަށް މައްސަލަ ހުށަހަޅާ ފަރާތަށް ނުވަތަ މައްސަލަ ރައްދުވާ ފަރާތަށް ވެސް އެ މައްސަލައެއްގެ ޝަރީއަތުގެ އަޑުއެހުންތައް އޯޑިއޯ ނުވަތަ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ގެންދަން އެ ކޯޓުގައި އެދެވިދާނެ ކަމަށެވެ. ނަމަވެސް އެކަމާ މެދު ގޮތެއް ނިންމާނީ އެ މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗަކުން ކަމަށް ހައި ކޯޓުން ބުންޏެވެ.
ހައި ކޯޓުން ބުނީ އާންމު އުސޫލުން އެގޮތަށް ޝަރީއަތްތައް ކުރިއަށް ގެންދެވޭނީ މަދަނީ މައްސަލަތަކާއި ބަންދު އަމުރުގެ މައްސަލަތަކުގައި އެކަނި ކަމަށެވެ.
މީގެ ކުރިން ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތައް އޯޑިއޯ ކޮންފަރެންސްގެ ނިޒާމަކުން ގުޅާލެވިފައި އޮތް ނަމަވެސް ވީޑިއޯ ކޮންފަރެންސް ކުރެވެނީ އެ އަތޮޅެއްގެ ވެރިކަން ކުރާ ރަށުގެ ކޯޓުގަޔާއި އަދި މާލެ އަތޮޅު މާފުށީ ކޯޓުގައި އެކަންޏެވެ.
އެގޮތަށް ހައި ކޯޓުން އަމަލުކުރަން ފެށިއިރު ކްރިމިނަލް ކޯޓުން އޯޑިއޯ ކޮންފަރެންސްކޮށް ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކާ ގުޅައިގެން އެ ރަށްރަށުގައި ތިބޭ މީހުންގެ ހެކިބަހާއި ބަޔާންތައް އަންނަނީ ނަގަމުންނެވެ.
އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ހައި ކޯޓުން ޝަރީއަތް ކުރަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ