ކޮންސްޓްރަކްޝަން ދާއިރާގެ އިސް ވިޔަފާރިވެރިއެއް ކަމަށްވާ މުހައްމަދު އަލީ
ޖަނާހް (ޖަނާ) އަށް، ޓޫރިޒަމް ދާއިރާގެ ވިޔަފާރިވެރިއެއް ކަމަށްވާ
މުހައްމަދު މަނިކު (ޓްރެވަލް އިން މަނިކު)، 12.8 މިލިއަނަށް ވުރެ ގިނަ
ރުފިޔާ ދައްކަން ސިވިލް ކޯޓާއި ހައި ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން
އިއްޔެ ބާތިލްކުރި ހުކުމާ ގުޅޭ ގޮތުން "ހަވީރު"ގައި ޖެހި ހަބަރުގައި ހިމެނޭ ކުށެއްގެ ސަބަބުން އޮޅުންތަކެއް ވަނީ އަރައިފަ އެވެ.ޖަނާއާ ދެކޮޅަށް ނިމުނު މައްސަލަ އާއި ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާގެ ގޮނޑި ކުރިން ގެއްލުނު މައްސަލަ އަކީ ތަފާތު ދެ ވައްތަރެއްގެ މައްސަލައެކެވެ. މުސްތަފާއާ ދެކޮޅަށް ސުޕްރީމް ކޯޓަށް ހުށަހެޅީ ކޯޓަކުން ސާބިތުވެފައި އޮތް ދަރަންޏެއް ހުކުމާ އެއްގޮތަށް ނުދެއްކެވުމުން ރައްޔިތުންގެ މަޖިލިހުގެ މެމްބަރު ކަމަށް ޝަރުތު ހަމަނުވެ ގޮނޑި ގެއްލިފައިވާކަމުގެ މައްސަލަ އެވެ. ދަރަނި ދައްކަން ޖެހޭ ކަމަށް ސިވިލް ކޯޓުން ކުރި ހުކުމް މުސްތަފާ އެހެން ކޯޓެއްގައި އިސްތިއުނާފުކުރައްވާފައެއް ނުވެ އެވެ. އަދި ސުޕްރީމް ކޯޓުގެ ކުރިމަތީގައި އޮތީ މުސްތަފާގެ މައްޗަށް ދަރަންޏެއް ސާބިތުވޭތޯ ނުވަތަ ނޫންތޯ ކަނޑައެޅުމުގެ ދައުވާއެއް ވެސް ނޫނެވެ.އެކަމަކު މުހައްމަދު މަނިކާ ދެކޮޅަށް ޖަނާ ހުށަހެޅުއްވީ އޭނާ އަށް މަނިކު ދައްކަވަން ޖެހޭ ދަރަންޏެއް ސާބިތުކުރެއްވުމަށެވެ. އަދި ސުޕްރީމް ކޯޓުން ހުކުމް އިއްވީ ވެސް އެއީ މުހައްމަދު މަނިކު ޝަހުސީ ގޮތުން ދައްކަވަން ޖެހޭ ދަރަންޏެއްތޯ ނުވަތަ ނޫންތޯ ކަނޑައެޅުމަށެވެ. އެހެންކަމުން މުސްތަފާގެ މައްސަލަ އާއި ޖަނާ ހުށަހެޅުއްވި މައްސަލަ އަކީ ތަފާތު ދެ މައްސަލައެއް ކަމަށް "ހަވީރު"ން ގަބޫލުކުރަމެވެ. އެއީ އެއް ވައްތަރެއްގެ ދެ މައްސަލައެއްގައި ސުޕްރީމް ކޯޓުން ކުރި ތަފާތު ދެ ހުކުމެއް ކަމަށް ދޭހަވެދާނެ ގޮތަކަށް އެ ޚަބަރު ފުރަތަމަ ގެނެސްދެވުނީތީ "ހަވީރު"ން މައާފަށް އެދެމެވެ. އަދި ކިއުންތެރިންނަށް އަރާފާނެ އޮޅުމަކަށް ވެސް މައާފަށް އެދެމެވެ.
ސުޕްރީމް ކޯޓުގެ ހުކުމާ ބެހޭ ގޮތުން ލިޔުނު ހަބަރުން އޮޅުންއަރާތީ މައާފަށް އެދެން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ