ހދ.ނެއްލައިދޫ ސުކޫލުގެ 2018 ވަނަ އަހަރުގެ އިނާމް ދިނުމުގެ ޖަލްސާ ރޭ އެސުކޫލުގެ ހޯލުގައި ބާއްވައިފިއެވެ.
ގްރޭޑް 8 އިން ފެށިގެން މަތީ ގްރޭޑްތަކުން ވޭތުވެ ދިޔަ އަހަރުގައި އެކި ކާމިޔާބީތައް ހޯދާފައިވާ ދަރިވަރުންނަށް އިނާމާއި، ހަނދާނީ ލިޔުން ވަނީ ހަވާލުކޮށްފައެވެ. ރޭ ބޭއްވި އިނާމް ދިނުމުގެ ޖަލްސާ ޝަރަފްވެރިކޮށްދެއްވީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ސިނިއަރ ޕޮލިސީ ޑިރެކްޓަރ އަލްޕާޟިލް ނައުޝާދު އިބްރާހިމްއެވެ. މީގެ އިތުރުން ހދ.ހަނިމާދޫ އަދި ކުރިނބީ ޕުރިންސިފަލް ވެސް ވަނީ މިޖަލްސާގައި ބައިވެރިވެފައެވެ. އަދި ނެއްލައިދޫ ކައުންސިލާއި ސަރުކާރުގެ މުއައްސަސާ ތަކުގެ އިސްވެރިންވެސް ބައިވެރިވިއެވެ.
މިޖަލްސާގައިވަނީ 10 ކެޓަގަރީ އަކުން އެސްކޫލްގެ 23 ދަރިވަރަކަށް އިނާމް ދީފައެވެ. އެގޮތުން ވޭތުވެ ދިޔަ އަހަރު އެސްކޫލްގެ ސާނަވީ ބައިން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް އައިޝަތު މަލްސާ (ގުރޭޑް 10) ހޮވުނުއިރު، މަލްސާވަނީ ތިން މާއްދާއިން އޭ ފަސް ހޯދާފައެވެ.
މަތީ ސާނަވީ ބައިން ހުރިހާ ގޮތަކުން އެންމެ މޮޅުދަރިވަރަކަށް އައިޝަތު މަލްދާ (ގުރޭޑް 12) ވަނީ ހޮވިފައިވާއިރު މަލްދާ ވަނީ އޭލެވެލް ނެޝަނަލް ޓޮޕް އެޗީވާސް އެވޯޑުވެސް ހާސިލް ކޮށްފައެވެ. އަދި ބީޓެކް ޑިސްޓިންޝަން ސްޓަރ ވެސް މަލްދާ ވަނީ ހާސިލް ކޮށްފައެވެ.
ބީޓެކް ޑިސްޓިންޝަން ސްޓަރ އެސުކޫލުގެ ހައްވާ ސަމްރާ (ގުރޭޑް 12) ގެ އިތުރުން އައިޝަތު މާއިސާ (ގުރޭޑް 12) ވެސްވަނީ ހާސިލް ކޮށްފައެވެ. ނިމިގެން ދިޔަ އަހަރު އެސުކޫލުގެ ހުރިހާގޮތަކުން އެންމެ މޮޅު ކެޑޭޓަކަށް ފަތިމަތު އީނާޒް (ގުރޭޑް 8) ވަނީ ހޮވިފައެވެ.
ނެއްލައިދޫ ސުކޫލަކީ ގުރޭޑް 12 ހަމައަށް ކިޔަވައިދެމުން އަންނަ ސުކޫލެކެވެ. އަދި ނެއްލައިދޫ ސުކޫލުގެ ދަރިވަރުން އެއް އަހަރުން އަނެއް އަހަރަށް ބޮޑެތި ކާމިޔާބީތަކެއް ހޯދަމުން އަންނަ އިރު ބެލެނިވެރިންނާއި ސުކޫލުގެ މެނޭޖުމެންޓުން ދަރިވަރުންނާއި ގުޅޭ ތަފާތު ހަރަކާތްތަކެއް ރާވާ ހިންގާކަން ފާހަގަ ކުރެވެއެވެ.
ހދ.ނެއްލައިދޫ ސުކޫލުގެ 2018 ވަނަ އަހަރުގެ އިނާމް ދިނުމުގެ ޖަލްސާ ރޭ އެސުކޫލުގެ ހޯލުގައި ބާއްވައިފިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ